މާލޭ ނޯތް ހާބަރުގައި އޮތް ބޯޓަކުން ވަގަށް ނެގި ރިހާކުރު ޓައްޕުތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ ހުކުރު ދުވަހު ރިޕޯޓްކުރި އެ މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެ، ފުލުހުން ކުރި މަސައްކަތުން ރިހާކުރު ޓައްޕުތައް ހޯދީ އެ ތަކެތި މީހަކަށް ވިއްކާލައި، ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ވަގަށް ނެގި ރިހާކުރު ޓައްޕުތަކުގެ އަގު 50،000 ރުފިޔާއަށް އަރާނެ ކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.



