ސެޕްޓެމްބަރ 22, 2024

ފިޗުން ރާއްޖޭގެ ރޭޓިން އަނެއްކާވެސް ދަށްކޮށްފި، ދަރަނި ނުދެއްކި ޑީފޯލްޓް ވުމުގެ ފުރުސަތު ބޮޑު

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން އަނެއްކާވެސް ދަށްކޮށްފި އެވެ.

ފިޗުން މިފަހަރު ރާއްޖެއަށް ދީފައިވަނީ ”ސީސީ“ ރޭޓިންއެވެ. މިއީ މި އަހަރުގެ ތެރޭގައި ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ. މިދިޔަ ޖޫން މަހު ފިޗް އިން ވަނީ ރާއްޖެއަށް ދީފައިވާ ”ބީ މައިނަސް“ގެ ރޭޓިން ”ސީސީސީ ޕްލަސް“ އަށް ދަށްކޮށްފަ އެވެ. ރާއްޖެ އަށް ސީސީސީ ރޭޓިން އެއް ދީފައިވަނީ ކޮވިޑުގެ ދުވަސްވަރު އެވެ.

ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިޗުން މިއަދު އާންމުކުރި ލިޔުމުގައި ބުނީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ.

މިދިޔަ މެއި މަހު 494 މިލިއަން ޑޮލަރުގައި ހުރި ބޭރު ފައިސާގެ ރިޒާވް، ޖުލައި މަހާ ހަމައަށް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ. އެއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު އެންމެ ދަށްވި ފަހަރު ކަމަށެވެ.

ފިޗުން ބުނީ، މި އަހަރުގެ ފަހު ކުއާޓަރުގައި އަދާކުރަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޭރު ދަރަންޏެއް އޮތްއިރު 64 މިލިއަން ޑޮލަރުގެ ޕަބްލިކް ގެރެންޓީ އެއްވެސް އެބަ އޮތް ކަމަށެވެ. ނަމަވެސް އެ ދަރަނި އަދާކުރުމަށް ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ ނުހިމަނައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގައި ހުރި 65 މިލިއަން ޑޮލަރު ބޭނުން ކުރެވިދާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު ނިމޭއިރު 557 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު 2026 ވަނަ އަހަރު އެ އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި 500 މިލިއަން ޑޮލަރުގެ ސުކޫކު ވެސް ހިމެނޭ ކަމަށް ފިޗުން ބުނެފައިވެއެވެ.

އަދި ޓޫރިޒަމާ ގުޅުން ހުރި ދާއިރާތަކުން ބޭރު ފައިސާ ހޯދުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމާފައި އޮތް ނަމަވެސް 2026 ނިމޭއިރު ދައްކަންޖެހޭ ލޯނު ދެއްކުމަށް 200 މިލިއަން ޑޮލަރު ހޯދުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

ފިޗުން ވަނީ ސަރުކާރުގެ މަޝްރޫއުތަކަށް ކުރާ ހޭދަ މަތިވުމާއި ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމުން ކުރު މުއްދަތާއި މެދު ރާސްތާއާ ދެމެދު ރާއްޖޭގެ ކަރަންޓު އެކައުންޓް ޑެފިސިޓު ވަރަށް ބޮޑުވާނެކަން ފާހަގަކޮށް ބޭރު ފައިސާ ލިބުމުގައި އޮތް ދަތިކަން އިތުރުވުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށް ބުނެފަ އެވެ.

9 Comments

  • Fathmath Rahma އޯގަސްޓް 29, 2024

    އަސްލުވެސް… ސަރުކާރޫ…..!!!

  • Zahira Hasan އޯގަސްޓް 29, 2024

    Nuvaalhe euren ebunani dhogu

  • Shareefa Manike އޯގަސްޓް 29, 2024

    Ehaavarah kaalaigen ney iboo efeybee

  • Asma Abdulkareem އޯގަސްޓް 29, 2024

    Covid ga gaumu fisaari hingaa laifithaa

  • Canadian Jud އޯގަސްޓް 29, 2024

    Fichun ves mikuree bodu BAGAAVAATHEH.

    • Morgan Rex އޯގަސްޓް 29, 2024

      Canadian Jud aslu ves

  • Aminath Zakariyya އޯގަސްޓް 29, 2024

    Qasimumen ge athun dharafa oth laarithah athulan v nu eyrun thi dharani adhaa vee

  • عويش عزير އޯގަސްޓް 29, 2024

    Muizzu ekamu buny dharani dhahkaaifeemo

  • Morgan Rex އޯގަސްޓް 29, 2024

    Dhen holhi dholangu mi dhahkanee kon fehi signal ge vaahaka eh tha

Leave a Reply