ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް އިތުބާރުގެ ރަމްޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ، 30 އޮގަސްޓް 2018 ވަނަ ދުވަހު ހުޅުވި ސިނަމާލެ ބްރިޖު ހުޅުވިތާ ހަ އަހަރު ފުރުން ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ސިނަމާލެ ބްރިޖަކީ އިންޖިނިއަރިންގެ ކާމިޔާބީއެއްގެ އިތުރުން ހަމައެކަނި ރާއްޖޭގެ ރަށްތައް ގުޅުވާލަދިން ރަމްޒެއްވެސް ނޫން ކަމަށެވެ. އޭގެ އިތުރުން އެއީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ދެގޮތެއްނުވާ ގާތް ރަހުމަތްތެރިކަމާއި ދެ ގައުމުގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ބްރިޖަކީ ތަރައްގީއާއި ތަނަވަސްކަމަށްޓަކައި ރާއްޖެއާއި ޗައިނާގެ ހިޔާލު އެއްގޮތްކަމާއި އެއްބައިވަންތަ ވިސްނުމުގެވެސް ހެއްކެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށައި، އެ ވެރިކަމުގައި މަސައްކަތް ނިންމައި ހުޅުވި ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު އެވެ.
ޗައިނާގެ ސީސީސީސީ ކުންފުނިން ހެދި އެ ބްރިޖަކަށް 200 މިލިއަން ޑޮލަރު ހަރަދުކުރި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. ބާކީ 12 މިލިއަން ޑޮލަރު ހޭދަކުރީ ދިވެހި ސަރުކާރުންނެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!