މާފަންނު ގެއަކަށް ވަގަށް ވަދެ، ބިރު ދެއްކުމަށްފަހު ފޭރުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އެ މީހުން ފޭރުނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ގެއެއްގެ ފާހާނާ ފެން ލައިޓުން ވަދެ ކޮޓަރީގައި ނިދާފައި ތިބި ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި، އެއްވެސް ހަރަކާތެއް ކޮށްފި ނަމަ މަރާލާނެ ކަމަށް ބުނެ ބިރު ދެއްކުމަށްފަހު ކަމަށެވެ.
އަދި ފޭރުމަށްފަހު އެ ދެމީހުން ފިލައިގެން ދިޔައީ ފާހާނާއަށް ވަދެ އެތެރެއިން ދޮރު ތަލުލައި ފެން ލައިޓުން ނުކުމެގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މީހުން ފޭރުނު ތަކެތީގެ ތެރޭގައި ބިރު ދެއްކި ދެ މީހުންގެ ފޯނާއި ލެޕްޓޮޕާއި އަދި އެހެނިހެން ތަކެތި ހިމެނެ އެވެ.
ފުލުހުން ބުނީ، ފޭރުނު ދެ މީހުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށް، އަދި އެ މީހުން ގެއިން ފޭރުނު ލެޕްޓޮޕާއި މޯބައިލް ފޯނުތައް ހޯދާފައިވާ ކަމަށެވެ. އަދި އެ މީހުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެހެނިހެން ތަކެތިވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ބުންޏެވެ.




ގުޅުންހުރި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި
ރޯދަމަހު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސަންޓަށް އިތުރުކުރަނީ
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި