ސެޕްޓެމްބަރ 21, 2024

ރޭސިންއަށް ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރަން ރައީސް އަންގަވައިފި

ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް އެޗްޑީސީން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އަންގަވައިފި އެވެ.

ރޭ ދަންވަރު ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަނީ ޒުވާނަކު ވަނީ މަރުވެފަ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ ގޮތުން ބާރު ސްޕީޑުގައި އުޅަނދު ދުއްވާ މީހުންނަށް ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފެށުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް އާއްމުން ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފަައިވާނެ ކަމަށެވެ.

ރައީސް ކަމާބެހޭ ފަރާތްތަކަށް އެންގެވި ކަންތައްތައް:

– ބާރު ސްޕީޑްގައި ވެހިކަލް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރުރުން
– ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.
– ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ މީހާގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
– ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމު އުޅަނދުތައް އާންމު މަގުތަކުގައި ބޭނުންނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
– އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
– ހުޅުމާލޭ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ފުލުހުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.
– ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތައާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ މީހުންގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން.
– މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން ކުރާ މަސައްކަތް މިހާރަށް ވުރެ އިތުރުކޮށް ހަރުދަނާކުރުން.

ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އަޅަމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓާ ކުރަމުންދާނެ ކަމަށެވެ.

34 Comments

  • Bittu Brw ސެޕްޓެމްބަރ 7, 2024

    After 24 hrs
    Kurin buni ethi cancel

  • Ahmed Shiyam ސެޕްޓެމްބަރ 7, 2024

    racing track eh adhi miqaumaku neh
    😳😳😳😳😳

    • ފަ އި ނާ ސެޕްޓެމްބަރ 7, 2024

      Ahmed Shiyam racing track othy mulhin vx, ehenveh huriha magegga eh dhuvvany, bilamaggeh vx dhoo nukuray viyyaa, eh vari hama dhuvvaane jaaga nethi gos magu kolhun moodhah vettunas

  • Kuda Kappi ސެޕްޓެމްބަރ 7, 2024

    ތިއީ ރޭސިންނަށް ދީފައި ވާ ހުއްދަ ބާތިލްކުރަންޖެހޭ ސަބަބެއް ނޫން!އަދި ރޭސް ކާރު ތަކުގެ މައްސަލައެއްވެސް ނޫން!ތިއީ ގަވާއިދު އޮވެމެ އެ ގަވާއިދުތަކަށް އަމަލު ނުކުރުމުގެ ނަތީޖާ!ހުއްދައެއް ނޫން ބާތިލް ކުރަންވީ!!!އެކަށީގެންވާ ހަރުކަށި އަދަބު ދޭންވީ!މިތާނ އޮންނަ ޙުކުމަކީ ނިކަމެތި މީހާއަށް ނިކަމެތިގޮތް!ކޮރަޕްޝަން ވަނީ ގައުމާ ގައުމުގެ ހުރިހާ މުއައްސަސާއެއްގައި ވަކިހިއްޕާލާފަ!!ހައްލަކީ އިސްލާމީ ޝަރިއަތް މިތަނުގައި ގާއިމް ކުރުން!

    • Fifi Xaa ސެޕްޓެމްބަރ 7, 2024

      Kuda Kappi true…👍

    • Nasiha Moosa ސެޕްޓެމްބަރ 7, 2024

      Kuda Kappi ބާތިލް ކުރަން ޖެހޭ ލިބިގެން މިދިޔައީ ހިތްތައް ކުދިކުދި ވާފަދަ ހިތާމައެއް އަދިވެސް އުފާކުރެވޭތޯ މިބަލަނީ

    • Mi Xu ސެޕްޓެމްބަރ 7, 2024

      Kuda Kappi race car thakakee mihaa kuda thankolheh ga dhuhvan ekasheegen vaa ehcheh noon

  • Muhammad Ibrahim ސެޕްޓެމްބަރ 7, 2024

    Shukuriyaa 🙏

  • Fathimath Nadha ސެޕްޓެމްބަރ 7, 2024

    Sukuriyaa raees

  • Tom De Nero ސެޕްޓެމްބަރ 7, 2024

    Dhen cykalakun jehi meehaku niyaa vejjiyaa cycle dhuvvun ves vaane manaa kuran.

    • Key Ayeesha Stone ސެޕްޓެމްބަރ 7, 2024

      Tom De Nero vaguthun mi beybege licence hifahahtamvee lol

    • Tom De Nero ސެޕްޓެމްބަރ 7, 2024

      Key Ayeesha Stone ehah license baavvaafa dhahtha ma athuga hifaabala.

  • Ahmed Muneez ސެޕްޓެމްބަރ 7, 2024

    Ethaagahey accident veee ???

  • Maha Rani ސެޕްޓެމްބަރ 7, 2024

    Adhi huhdha eh ves dheegentha mi meehun mioh vehicle gina thanuga mikan mi kurany ajaibu

  • Raz Usman ސެޕްޓެމްބަރ 7, 2024

    Raees ge heyofulhu kan

  • Nasiha Moosa ސެޕްޓެމްބަރ 7, 2024

    ރައްޔަތުންގެ ވެރިކަމެއް ކުރެއްވީމަ ނިމުނީ ޝުކުރިއްޔާ ރައީސް މުއިއްޒް

    • Ahmed Solih ސެޕްޓެމްބަރ 7, 2024

      Nasiha Moosa saabass

  • Eashal Ezmeray ސެޕްޓެމްބަރ 7, 2024

    Kobaa Iyya 2 anhenun gayah aruvaali jeep? Dhen jeeep dhuvvun ves manaa kuramaa dhw Ehn v ma

  • Mohammed Naeem ސެޕްޓެމްބަރ 7, 2024

    Maruhabaa kiyan Raees Muiz , mee v ragalhu nimmumeh , meehun emmehaa thohjehifa mi onnanee Male ga ves , race car akah Male area ga jaaga eh nyth…

    • اسماعيل أيهام ސެޕްޓެމްބަރ 7, 2024

      Mohammed Naeem thi bunee rangalhah. Mi ulheny raajje ga parking space ge hahleh ves nulibigen adhi gedhoru nuvatha magumatheega hama himeyn koh hingaalaane haa jaaga eh ves nethigen.

  • Adam Manik ސެޕްޓެމްބަރ 7, 2024

    Mikuda qamuugai rakkaatherikamaaeku racing car dhuvvane saraasaru bimeh neiy. Racing ah hudhdhadheegen nikamethi raiyyathunge furaana dhiyumakee balaganeveyne kamehnoon. Magumachchah racing ah nikuthumun eynaa ah libey kickugai vashaigenvaa maahauluge mathin handhaanethi e libey kick gai konme fadhakamehves dhimaavedhaane. Driftkuraa meehunnah varah vedhun.

  • Sham Aan ސެޕްޓެމްބަރ 7, 2024

    Sport car thakuge beynun hifaigen konme dhuvahaku haveeru fini buru jahan nukumi handhaan vey thw raees ?! Keehve baa dhw eh dhuvahu eh car thakun jehi accident nuvee race car ge mahsala eh noon dhw ehhen veema 😏

  • Sultan Ameeru Sultan Ameeru ސެޕްޓެމްބަރ 7, 2024

    Hahlakhee racing caaru ethrei nukurevei goi hadhaa adhi ehkan muhin adhi mihaathanah efdha thakethi dhuhvaa meehun athun libifaivaa gelumah marah maru ithuru ehves gotheh neh … adhi mihaaru ethrei kurevufaivaa thakethi vaguthun athulaa nahthaalun or efdha vehical thah athulaafa beirah vihkaalumah fahu ehge verifrathah faisaa havaalu koh … aamu mingadhah dhuhvaalevei adhage vehical genan hudha dhinas ok mifdha gothakah gabool kuran nudhana haivaanuge sifyah jadhalukoh islaahu vumuge badhaluge hama gabool kuran negijeyaa ehbayaku jeheinee nizaamuge threinn nahthalan. Nimunee…. mifdha thakethi ganguheynee ginafaharah hamainn nehthifaivaa meehun ehen veema 90 % reethi rangalhu goi gabool kurane bayakah nuvaane kanyageen….

  • Nish Ko ސެޕްޓެމްބަރ 7, 2024

    Thi hama hus kuran v kanthah. Baraabaru

  • Hussain Farooq ސެޕްޓެމްބަރ 7, 2024

    Thank you 🙏

  • Key Ayeesha Stone ސެޕްޓެމްބަރ 7, 2024

    Meehada faadehge raeeseh kameh vaairah ekamuge ehves dhirasaaeh nukoh avahah ekamah bane kohlan mianganee konvahtharu meeheh

  • Inte Qeef ސެޕްޓެމްބަރ 7, 2024

    Thi Evves insaafeh nun.. kanduga dhuvvaa unlhandhu faharuves accident vey.. Dhen Hurihaa undhadhu fahar ge hudhdha baathil kuranvee nun…

  • Fathimath Ashan ސެޕްޓެމްބަރ 7, 2024

    Racing ge mahsala eh tho miulhenee noonee license nethi baarah car/ cycle ehchihi dhuhvaatheetho

  • Maahi Naeem ސެޕްޓެމްބަރ 7, 2024

    Alah thw accident ehga meeheh maru v?
    Noony race jahanikoh thw maru v?
    Raees vote hodhan huvafen dhahkaan ves hama nerunee e racing car thakaa cyk thakaa veri kan libuneema aslu dhahkaalee hurihaa ehcheh tow dheefa oeh huhdha baathil thee thw v vaudhanee zuvaanunnah?

  • Shifu ސެޕްޓެމްބަރ 7, 2024

    Shukuruhyya raees

  • Edam Midhkhan ސެޕްޓެމްބަރ 7, 2024

    Yoosuf car vikkaalafa patrol eh geneyn vu ehna

    • Yoosuf Irushaan ސެޕްޓެމްބަރ 7, 2024

      Edam Midhkhan race patrol eh the

    • Edam Midhkhan ސެޕްޓެމްބަރ 7, 2024

      Arn nissan mengeyy🤣

  • Shiyantey Yaan ސެޕްޓެމްބަރ 7, 2024

    Male hulhumale akeee baaru speed gah race jahan emey ekasheyne thaneh nun
    Hurihaa hithaamayeh mi libeyneee nikameythi raithunah
    Baarah dhuvaaa meehunah harukashi fiyavalhu alhan jeyhe

Leave a Reply