ސެޕްޓެމްބަރ 21, 2024

ޕީީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީީޖީ)ގެ މަގާމަށް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒްގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

އައްބާސްއާ އިންޓަވިއު ކުރުމަށްފަހު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، އައްބާސްއާ ގުޅޭ ގޮތުން މައްސަލަ ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ. އަދި ކޮމިޓީން އައްބާސްއާ ކުރި އިންތަވިއު އިން އޭނާއަށް 93.91 ޕަސެންޓް މާކްސް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެހެންކަމުން އައްބާސްއަށް ރުުހުން ދޭން ފާސްކޮށްފައިވަނީ އެ ވަގުތު ކޮމިޓީ ބައްދަލުވުުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޖީގެ މަގާމަށް އައްޔަންކުރަން އައްބާސްއަށް މަޖިލީހުން ރުހުން ދިނުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ.

Leave a Reply