ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.
އައްބާސް މިއަދު ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ބައްދަލުކުރައްވައިފަ އެވެ.
ޕީޖީން މިއަދު ބުނީ އެ ބައްދަލުވުމުގައި އައްބާސް ވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތުގައި ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައި ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި އެކަމާބެހޭ މަޝްވަރާތައް ކުރެއްވި ކަމަށް ޕީޖީން ބުންޏެވެ.
ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާ ނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އައްބާސް ދެއްވާފައިވާ ކަމަށް ޕީޖީން ބުންޏެވެ.
މި އަހަރުގެ މިހާތަނަށް އޭސީސީން ތަހުގީގުކޮށް ހުށަހެޅި ފަސް މައްސަލައެއްގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މިހާތަނަށް 11 މައްސަލައެއް އޭސީސީން އެ އޮފީހުގެ މަޝްވަރާއަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ގުޅުންހުރި
ދައުލަތުން ރައުދުއަށް ދައުވާ ކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިނުވުމުން
ރައުދުއަށް ދައުވާކޮށްފި، އަދަބަކީ އެންމެ މަހެއް
ދެ މީހަކު ޓެގު އެޅުވުމަށްފަހު ދޫކޮށްލައިފި، ބޮޑެތި ތުހުމަތުވާ މީހުންނަށް ލުޔެއް
ރައުދު ދޫކޮށްލަން އެދުނީ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން: ޕީޖީ
ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނެގި މައްސަލަ 10 އަހަރު ފަހުން
އޭސީސީން އެދިގެން، ޕޮލްކޯ ވެރިން ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި