ރިސޯޓުތަކަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 4.5 ބިލިއަން އެމެރިކާ ޑޮލަރު ލިބުނު ނަމަވެސް އޭގެ ތެރެއިން ބޭންކުތަކަށް މާރުކުރީ އެންމެ 1.5 ޕަސެންޓް ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހާމަކޮށްފި އެވެ.
އެމްއެމްއޭ އިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރު ރިސޯޓްތަކަށް ލިބުނު 4.5 ބިލިއަން ޑޮލަރު އާމްދަނީގެ ތެރެއިން ރާއްޖޭގައި ހިންގާ ބޭންކުތަކަށް ޖަމާކުރީ 2.3 ބިލިއަން ޑޮލަރެވެ. އެއީ ލިބުނު އާމްދަނީގެ 52 ޕަސެންޓެވެ.
ނަމަވެސް ޖަމާކުރި ފައިސާގެ ތެރެއިން ބޭންކުތަކަށް މާރުކޮށްފައިވަނީ 68 މިލިއަން ޑޮލަރެވެ. އެއީ ޖަމާކުރި ފައިސާގެ އެންމެ ތިން ޕަސެންޓެވެ. ރިސޯޓުތަކަށް ލިބުނު ޖުމްލަ އާމްދަނީގެ ނިސްބަތުން ބަލާނަމަ އެއީ އެންމެ 1.5 ޕަސެންޓެވެ.
ކޮވިޑު ބަލިމަޑުކަމުގެ ކުރީ އަހަރު، 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ އަޅާކިޔާއިރު ރިސޯޓްތަކަށް ލިބުނު އާމްދަނީ 34 ޕަސެންޓް އިތުރުވި ނަމަވެސް ބޭންކުތަކަށް ޖަމާކުރި ފައިސާވީ މަދެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި އާމްދަނީގެ 1.1 ބިލިއަން ޑޮލަރު އިތުރުވީއިރު، ބޭންކުތަކަށް ޖަމާކުރި އަދަދު 200 މިލިއަން ޑޮލަރު މަދެވެ.
އެމްއެމްއޭ އިން ހިއްސާކުރި އެހެން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 ގައި ރިސޯޓުތަކަށް އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ލިބުނެވެ. އޭގެ ތެރެއިން ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރީ 2.5 ބިލިއަން ޑޮލަރު ނުވަތަ 74 ޕަސެންޓެވެ.
އަދި ޖަމާކުރި ޑޮލަރުގެ ތެރެއިން ބޭންކުތަކުން މާރުކުރީ 152.5 މިލިއަން ޑޮލަރެވެ. އެއީ ޖަމާކުރި ފައިސާގެ ހަ ޕަސެންޓެވެ.
ރިސޯޓުތަކުން ޖަމާކުރާ ފައިސާ ދަށްވުމާ ގުޅިގެން ބޭންކުތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދޭން ޖެހެނީ އެމްއެމްއޭއަށެވެ. އެގޮތުން 2019 ގައި އެމްއެމްއޭއިން ބޭންކުތަކަށް 376.6 މިލިއަން ޑޮލަރު ދޫކުރިއިރު، މިދިޔަ އަހަރު 480.1 މިލިއަން ޑޮލަރު ދޫކުރި އެވެ. އެއީ 27 ޕަސެންޓުގެ އިތުރުވުމެކެވެ.
3 Comments
ގުޅުންހުރި
އޭޝިއާގެ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑް ލިބުނު ފުރަތަމަ ދިވެހި ކުންފުންޏަކަށް ސްޓެލްކޯ!
ވެމްކޯގެ ރިސޯޓް ކަލެކްޝަން ހިދުމަތް ދިނުމަށް އިތުރު ރިސޯޓް ތަކާއެކު ސޮއިކޮށްފި
ވިޔަފާރިވެރިންނަށް ދަތިވާ ގޮތަށް ގަވާއިދު ހެދުމުން ގެއްލުންވާނީ ރައްޔިތުންނަށް: ޔާމީން
ޑޮލަރު ގަވާއިދުގެ ދަށުން އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓަކުން ރަޖިސްޓްރީވެއްޖެ
ބޭރު ފައިސާގެ ރިޒާވް އިތުރުކުރަން އިންޑިއާ އިން 400 މިލިއަން ޑޮލަރު
ރާއްޖެއަށް ކްރިޕްޓޯ ކަރަންސީ ތައާރަފުކުރުމުގެ މަސައްކަތް ވަނީ ފަށާފައި: ރައީސް