އިޒްރޭލުގެ އަނިޔާރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އ.ދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ދެއްވަން ފެށުމުން. އެ ޖަލްސާ ދޫކޮށް ދިޔަ ގިނަ ގައުމުތަކާއެކު ރާއްޖެއިން މަޖިލީހުން ނިކުތް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު“ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރަން ފެށުމުން އެ ތަނުން ރާއްޖޭގެ ވަފުދު ނުކުތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނާ މެދު ގެންގުޅުއްވާ ހާއްސަ ކަމާއި އެ ގައުމުގެ ހައްގުގައި އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
ނަތަންޔާހޫ ތަގުރީރު ދެއްވަން ފެށުމުން ޖަލްސާގެ ބައިވެރިން މަޖިލިސް ދޫކޮށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާ އެކު، އދ. ގެ ގިނަ މެމްބަރު ގައުމުތަކުން ވަނީ އާންމު މަޖިލިހުގެ ޖަލްސާ ދޫކޮށް، އެތަނުން ނުކުމެފަ އެވެ. އެއީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.
އދ.ގެ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ރައީސް އައްބާސް ޝަރީފުއާ ބައްދަލުކުރައްވައިފައެވެ. އައްބާސްއާ ބައްދަލުކުރައްވައި ރައީސް ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭނެ މަސައްކަތްތަކުގައި ސާބިތުކަމާ އެކު ރާއްޖެ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އދ.ގެ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި ވެސް ރައީސް ވަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަން އިޒްރޭލުން ހިންގަމުންދަނީ ގަތުލުއާމެއް ކަމަށާއި އެކަން ދުނިޔޭގެ ގައުމުތަކުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ އެއްވެސް ގައުމަކުން ހައްގެއް ނިގުޅައިގަތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އަސާސީ ހައްގުތައް ރައްކާތެރުކުރަން އެންމެ މުހިއްމު ކަމަކީ އެ ހައްގުތަކަށް އިހުތިރާމުކުރާ ސަގާފަތެއް އާލާކުރުން ކަމަށެވެ. އެކަމަކު އިޒްރޭލުގެ އަމަލުތައް ހުރީ އެގޮތަށް ނޫން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ ދުނިޔޭގެ ގައުމުތަކަށް ވެސް އެކަމުގައި އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިޒްރޭލުން ހިންގަމުންދަނީ ބޮޑު އަނިޔާވެރިކަމެކެވެ.
2 Comments
ގުޅުންހުރި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލް އަވަސްކުރަން ޕީއެންސީ ވޯޓު ދިނީ ތޯރިގު
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލް އަވަސްކުރަން ގޮވާލި ގަރާރު ބޭރު ކޮށްލައިފި
ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭނެ ދުވަސް ވަރަށް އަވަހަށް އިއުލާން ކުރާނެ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި