އުސްފަސްގަނޑާ ދިމާލުން ބޭރުން މަރުވެފައި އޮތްވާ މިއަދު ފެނުނީ އިބްރާހިމް ޖަައުހަރީ (ޖައުފަރު) ކަން އެނގިއްޖެއެވެ.
ޖައުފަރަކީ ކުރިން ނޫސްވެރިކަމުގައި މަސައްކަތްކުރި މީހެކެވެ. އޭނާ މަސައްކަތްކުރީ ފޮޓޯފްރާފަރެއްގެ ގޮތުގައެވެ. ފަހުން އޭނާ ވަނީ އެމްޑީޕީގެ އެކިއެކި ހަރަކާތްތަކުގައި ފޮޓޯ ނެގުމުގެ މަސައްކަތްކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ އުސްފަސްގަނޑު ސަރަހައްދާ ބޭރުން މޫދުގައި މީހަކު މަރުވެފައި އޮތްވާ ފެނުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 17:06 އެހާކަންހާއިރު ކަމަށެވެ.
މަރުވެފައިވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
ވިސްނުން ބަހައްޓަންވީ ގައުމާ އެއްކޮޅަށް، އޭރުން މިނިވަންކަން ދެމިއޮންނާނެ: ރައީސް
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އަނިޔާވި މީހުންގެ އަދަދު 6 އަށް
ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވަނީ