މާލެ ސިޓީގެ އާ ސަހަރާ މިސްކިތާއި ހިނަވާގެ މަރާމާތަށްފަހު ހުޅުވައިފި އެވެ.
އާސަހަރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސަހަރާގެ މިސްކިތާއި ހިނަވާގެ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
އެ ރަސްމިއްޔާތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތުކުރުމަށް ބަންދުކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ސަހަރާގެ މިސްކިތާއި ހިނަވާގެ ހުޅުއްވައިދެއްވުމަށްފަހު މީޑިއާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އާސަހަރާ މިސްކިތާއި ހިނަވާ ގޭގެ ޖާގަ އިތުރުކޮށް އާސަހަރާ މިސްކިތް މަރާމާތުކުރެވުނީ މޭޔަރުކަމުގައިި ހުންނެވިއިރު ބޭނުންފުޅުވި ގޮތަށްކަމަށާއި، ރައްޔިތުން އެދޭކަހަލަ ތަނަކަށް އެތަންވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
”އުފާކުރަން އޭރު އަޅުގަނޑުމެން ބޭނުންވި ގޮތަށް ބޭނުންވި ފެންވަރުގަ ކޮންސެޕްޓުގަ މިތަން ހަދާ ނިމުނީމަ. ހަގީގަތަކަށް ވީމަ އެކަންވީމަ އުފާކުރަން. އުންމީދުކުރަން މި މިސްކިތަށް އަންނަ މީހުންނާ މި ފެސިލިޓީ ބޭނުންކުރާ އެންމެން އަދި މުވައްޒަފުން ފަސޭހަތަކެއްވާނެކަމަށް. ޖާގަ އިތުރުކުރެވި ކުރިއަށްވުރެ ގިނަ މީހުންނަށް އަވީގަ ނުތިބެ ބޭނުންކުރެވޭނެ،،“ ރައީސް ވިދާޅުވި އެވެ.
މާލޭ އާސަހަރާ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ފެށްޓެވ މިދިޔަ އަހަރުގެ މެއި މަހުއެވެ. އެ މިސްކިތް ތަރައްގީކޮށްފައިވަނީ ދެ ފަންގިފިލާއަށް، ވީހާވެސް ގިނަ މީހުންނަށް އެތަނުގައި ތިބެވޭގޮތަށް ނަމާދުކުރާތަނާއި ކަށުކަމާ ކެމީގެ ކަންކަން ކުރިއަށްގެންދިއުމަށް ވެސް އެންމެ ފަސޭހަ އިންތިޒާމުތަކާއެކު އެވެ. އާސަހަރާ މިސްކިތުގެ ސަރަހައްދަށް ގާތްގަނޑަކަށް 3200 އަކަފޫޓަށް ބޮޑުކޮށްފައިވެ އެވެ.
އާސަހަރާ މިސްކިތް މަރާމާތުކުރުމަށް 71.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.




2 Comments
ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު