މިއަދު މިއޮތް ޖެންޒީގެ ޖީލަށް ވިސްނޭނެ ގޮތަކަށް އިސްލާމް ދީނުގެ ކަންކަން ކިޔައިދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދުނިޔެއަށް އަލަށް އައި ޓެކްނޯލޮޖީއާއި އެކި ކަހަލަ ކުރިއެރުންތައް އިންސާނީ މުޖުތަމައުތަކުގެ އަހުލާގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި ކަމަށެވެ. އޭގެ ތެރޭގައި އިސްތިއުމާރީ ހަރަކާތްތަކުގެ ދައުރު ވެސް ކުޑައެއް ނޫން ކަމަށާއި ދުނިޔޭގައި ހިނގާ ސިޔާސީ އިގުތިސާދީ އެކި އޮއިވަރުތަކުގެ ރޯލުވެސް ވަރަށް ފުޅާ ކަމަށެވެ.
މާތްވެގެންވާ އިސްލާމްދީނުގެ ހަގީގީ ތަރަހަތަކާއި ފުން މާނަތައް އަދުގެ ޖީލަށް ދޭހަ ނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަދުގެ ޖީލަކީ ޖެންޒީ ކަމަށާއި ޖެންޒީގެ ވިސްނުންތައް، ތަޖުރިބާތަކާއި ވިސްނާގޮތާއި ފިކުރުކުރާ ގޮތްތައްވެސް އޭގެ ކުރީގެ ޖީލުތަކާ އިންތިހާޔަށް ތަފާތު ކަމަށް ރައީސް ވިދާޅުވި އެވެ.
”މިއަދުގެ ޒުވާނުން ގައުމާއި މުޖުތަމައުގައި ބާރުވެރިކުރުމަށްޓަކައި މި ޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެ ޒުވާނުން ހަދަންޖެހޭ. ދިވެހީންގެ ތާރީހާއި ދިވެހީން މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމި އޮތް ހަގީގަތްތައް އެ ޒުވާނުންނަށް ވިސްނޭނެ ގޮތަކަށް އަންގައިދެވެންޖެހޭ. އިސްލާމީ ޝަހުސިއްޔަތާއި ދިވެހި ގައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ޖީލުގެ ކިބައިގައި ހުރި އިތުރަށް ފަރުވާ ބޭނުންވާ ކަންކަމަށް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށާއި ހާއްސަކޮށް އަހުލާގީ ރޫހާނީ ދުޅަހެޔޮކަން އިތުރުކުރަންޖެހޭ ކަމަށެވެ.
އެގޮތުން ގައުމަކަށް ރޫހާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި އޭރުން އެ ބައެއްގެ ޒަމީރުގައި ހެޔޮނުބައި ކަނޑައެޅުމުގެ ބާރެއް އަދި އާރެއް ނުހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި