އައިޖީއެމްއެޗް ސަރަހައްދުގައި ފެން ބޮޑުވާތީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެ ސަރަހައްދުގައި ހެދި ޑްރެއިން ސިސްޓަމް މިއަދު ބޭނުން ކުރަން ފަށައިފި އެވެ.
އައިޖީއެމްއެޗް ސަރަހައްދަކީ އާންމުކޮށް ފެންބޮޑުވާ ސަރަހައްދެކެވެ. އެކަމުގެ ސަބަބުން ހޮސްޕިޓަލަށް އަންނަ މީހުންނަށް އެތައް އުދަނގުލެއް ކުރިމަތިވާއިރު، އެ މަގުން ވެހިކަލް ދަތުރުކުރުމަކީވެސް ތުރާލެކެވެ. ނަމަވެސް މާލެއަށް ރޭ ފަތިހުން ފެށިގެން ވަރަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވި ނަަމަވެސް އައިޖީއެމްއެޗް ހުންނަ ސަރަހައްދުގައި ފެންބޮޑުވެފައެއް ނުވެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޖީއެމްއެޗް ކައިރީގައި ޑްރެއިން ސިސްޓަމެއް ހެދީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ.
”މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ހައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެން ދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެއެވެ“ މުއްތަލިބު ވިދާޅުވި އެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިދިޔަ މެއި 10 ވަނަ ދުވަހު ފެށީ ޑިފެންސް މިނިސްޓްރީން އިސްވެ އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ބައިވެރިވުމާއެެކު އާރުޑީސީއާ ހަވާލުކޮށްގެންނެވެ.




ގުޅުންހުރި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
މަގުސަދަކީ ބޯހިޔާވަހިކަމުން މުދާ އެއްކުރުމެއް ނޫން، އިސްކަންދޭން ޖެހޭނީ ގޮދޮރު ނެތް
ހާލަތު ބަލަން ގޭގެއަށް ދިއުމަކީ ކަރަޕްޝަންގެ ތެރެއަށް ހިނގައިދާނެ ކަމެއް: މުއްތަލިބު
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު