ރާއްޖޭގެ ފައިނޭންޝިއަލް ސެކްޓާ މެދުވެރިކޮށް ސަރުކާރުން މިހާތަނަށް ވަނީ 64 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފައި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން އާންމުކުރި ”ސީކިން ސްޓެބިލިޓީ އިން ޓާބިއުލަންސް ޓާމްސް“ ރިޕޯޓުގައި ވަނީ ރާއްޖޭއިން އެތެރޭގެ ދަރަނި ނަގާ މިންވަރު 68 ޕަސަންޓަށް އިތުރުވެފައިވާ ކަމަށެވެ. ވޯލްޑް ބޭންކުން ބުނީ ދިވެހި ސަރުކާރުން ކުރިއަށްވުރެ ގިނައިން މިހާރު ބޭންކިން ސެކްޓާއާއި ޕެންޝަން ފަންޑު ބޭނުންކޮށްގެން ޓީބިލް ވިއްކަމުންދާ ކަމަށެވެ.
ސަރުކާރުން ޓީބިލް ވިއްކަނީ އެތެރޭގެ ހަރަދުތައް ހަމަޖެއްސުމަށް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ 5.9 ބިލިއަން ރުފިޔާއަށް އަރައިފައި ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުން ފެންނަ ގޮތުގައި ޓީބިލްގެ އިތުރުން ސަރުކާރުން ވަނީ ބައެއް ބޭންކުތަކުން ވެސް ލޯނު ނަގައިފަ އެވެ. އެ ލޯނުތަކާއެކު އެތެރޭގެ ދަރަނީ ވަނީ 74 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ކޮންމެ ހަފުތާއަކު ސަރުކާރުން އަންނަނީ ޓީބިލް ވިއްކަމުންނެވެ. ޓީ ބިލް ވިއްކަނީ އެއް މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އޭގެ އިންޓްރެސްޓް ރޭޓު އުޅެނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓާ ދެމެދުގެ ރޭޓުތަކެއްގަ އެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރުން މިހާތަނަށް ނަގައިފައިވާ ޖުމްލަ ދަރަނި އިތުރުވަމުންދާއިރު ރާއްޖޭގެ މާލީ ނިޒާމު މެދުވެރިކޮށް ނަގާ ދަރަނި އަހަރުން އަހަރަށް ދަނީ ނުވަ ޕަސަންޓަށް އިތުރުވަމުންނެވެ.
ރާއްޖެއިން ދަރަނި އަދާކުރަން ހޭދަކުރާ ވަރު އަހަރުން އަހަރަށް 13 ޕަސެންޓަށް އިތުރުވަމުންދާ ކަމަށެވެ. މި އަހަރު ދަރަނި އަދާކުރަން 6.3 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. މިދިޔަ އަހަރު ދަރަނި އަދާކުރަން ހޭދަކުރީ 5.5 ބިލިއަން ރުފިޔާ އެވެ.
މި އަހަރު ދައްކަން ކަނޑައަޅާފައިވާ ދަރަނީގެ ތެރެއިން އިންޑިއާ އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) އިތުރު އެއް އަހަރަށް ވަނީ ފަސްކޮށްދީފަ އެވެ.
ގުޅުންހުރި
މުއްސަނދިންނަށް، އެންސްޕާގެ އެހީ ދޭނީ އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި
ތަނަވަސް މީހުންނަށް މުސްކުޅިންގެ ޕެންޝަން ނުލިބޭ ގޮތަށް ހަދަނީ
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖަޓެއް ހުށަހަޅައިފި
މިދިޔަ ވެރިކަމުގައި ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެ: ނައިބު
ބީލަމަށް މަކަރުހަދާ ފަރާތްތަކަށް ފިޔަވަޅު އަޅާ އުސޫލު އާންމުކޮށްފި
ބަޖެޓުން ހަރަދުކުރި ދެ ބިލިއަން ރުފިޔާގެ ރިކޯޑެއް ނެތް، އިހުމާލުވި މީހުންނަށް