ރ. އަލިފުށި ކައިރިއަށް މަސް ހިފަން ފޭބި މީހަކު މަރުވެއްޖެ އެވެ.
އަލިފުށީގެ ނޫހެއް ކަމަށްވާ އަލިފުށިލައިވް އިން ބުނެފައިވާ ގޮތުން މަރުވެފައިވަނީ އެ ރަށު ކަޝްމީރު، ނަބީހު ހަސަން، 24އ. އެވެ.
އޭނާ މަސް ހިފަން ފޭބީ މިއަދު ހެނދުނު 10:00 ޖަހާކަންހާއިރު އިތުރު ދެ މީހަކާ އެކު ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ފުލުހުންގެ މީޑިއާ އިން ބުނީ، ނަބީހު އަޑިއަށް ދިޔަ ގޮތަށް މައްޗަށް ނާރާކަމުގެ ރިޕޯޓެއް ލިބުނީ މިއަދު 12:08 ގައި ކަމަށެވެ. އަދި އޭނާ ކަނޑުއަޑިން ނަގައިގެން އަލިފުށި ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށްވެސް ބުންޏެވެ.



