ތުރުކީ އިން ގަތް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންތައް ބޭނުންކުރޭތޯ ސުވާލުކުރުމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅައިފި އެވެ
ޑްރޯންތަކާ ގުޅޭ ގޮތުން ގައްސާންއާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީކާއިލް، ގައްސާންއާ ސުވާލު ކުރާ ސުވާލުތަކަކީ 570 މިލިއަން ރުފިޔާއާ ގާތްކުރާ އަގެއްގައި އެމްއެންޑީއެފްގެ އެއާ ކޯގެ ހިދުމަތަށް ގެނައި ޑްރޯން ބޭނުން ކުރަން ފަށާފައިވޭތޯ އާއި މިހާތަނަށް ޑްރޯން ބޭނުންކުރީ ކޮން ކޮންކަމަކަށްތޯ އެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީން އުފައްދާފައިވާ ”ބައިރަކްތާރު ޓީބީ2“ ގެ ތިން ޑްރޯން ރާއްޖެ ގެނެސް އިފުތިތާހު ކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އެއީ އެވެ. ސަރުކާރުން ކުރިން ބުނި ގޮތުގައި ޖުމުލަ ހަތް ޑްރޯން ގެންނާނެ އެވެ.
ނަމަވެސް މީހަކު ނުވަތަ ބަޔަކު ގެއްލުނު އޮޕަރޭޝަނެއްގައި އެމްއެންޑީއެފް އިންގެ ބޭނުން މިހާތަނަށް ކޮށްފައިވާކަން އެނގިފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ އެޕްރީލް 20، ގައި މ. ރަތްމަންދޫ ބޭރުން ގެއްލުނު ދޯންޏެއް ހޯދުމަށެވެ.
އެ ފަހުން ހިނގި ކޮންމެ ހާދިސާއެއްގައިވެސް ޑްރޯން ބޭނުންކުރޭތޯ ނޫސްވެރިން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ގާތުގައި އަހަ އެވެ. ނަމަވެސް އެކަމަށް ޖަވާބެއް ނުދެއްވަ އެވެ.

ގުޅުންހުރި
ދަތުރު ކުރަމުންދިޔަ ބަހެއްގައި ރޯވެ 20 މީހަކު ފިހިގެން މަރުވެއްޖެ
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ