ކ. ގުޅިފަޅު ކައިރިން ލޯންޗެއް ޖެހި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ މި އެކްސިޑެންޓު ހިނގައިގެން އެ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 19:34 ހާއިރު ކަމަށެވެ.
އެ ހަތަރު މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ފުލުހުން ދަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރަވަމުން އަންނަ ގޮތުގައި އެކްސިޑެންޓުވެފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ޕީކޭޑީ-10 ކިޔާ ލޯންޗަކާއި ފެރިދޫ ޓުއާޒްގެ ސެނޯރާ ކިޔާ ލޯންޗެކެވެ.



