ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ބިން ކަނޑައެޅުމަށް ގުރުއަތުލުން ފަށައިފި އެވެ.
ގުރުއަތުލުން ކުރިއަށްދަނީ ދަރުބާރުގޭގަ އެވެ.
މިގުރުއަތުގައި މިހާތަނަށް ޕްލޮޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި، މިހާތަނަށް ޕްލޮޓް ހަވާލުނުކޮށް ތިބި ފަރާތްތަކާއި، ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރި މީހުންގެ ގޯތީގެ ގުރުއަތުލުންވެސް ކުރިއަށްދާނެ އެވެ.
ގުޅީ ފަޅުން 3520 ގޯތި ދޫކުރެއެވެ. މިފަރާތްތަކުގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުންނެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައިސްފައިވާ ބަދަލާއިގުޅިގެން، ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ވަނީ ބަދަލު އައިސްފައެވެ.
ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލް:
• 1250 އަކަފޫޓުގެ 669 ގޯތި
• 1650 އަކަފޫޓުގެ 1234 ގޯތި
• 2050 އަކަފޫޓުގެ 916 ގޯތި
• 2450 އަކަފޫޓުގެ 473 ގޯތި
• 2850 އަކަފޫޓުގެ 158 ގޯތި
• 3250 އަކަފޫޓުގެ 49 ގޯތި
• 3650 އަކަފޫޓުގެ 21 ގޯތި



