ގައުމަށް އެންމެ ބޭނުން ޖެހިފައިވާ ވަގުތު، ސްޓެލްކޯގެ މުވައްޒަފުން އަމިއްލައަށް އިސްނަގައިގެން ނުކުމެ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަކީ އެ މުވައްޒަފުންގެ ހިދުމަތްތެރިކަމާއި ޕްރޮފެޝަނަލިޒަމްގެ ހެއްކެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ އެހެން ވިދާޅުވީ، އދ. އޮމަދޫގެ ފެންބޮޑުވާ މަގުތަކުގައި ފެން ހިންދުމުގެ ގޮތުން ޖަންކްޝަން ހެދުމުގެ މަސައްކަތުގައި އެ ރަށުގެ ސްޓެލްކޯ މުވައްޒަފުން ކުރި މަސައްކަތް ފާހަގަކޮށް އެ ރަށު ކައުންސިލުން ޝުކުރު އަދާކޮށް ފޭސްބުކްގައި ޖެހި ޕޯސްޓެއް އެކްސްގައި ހިއްސާކުރައްވައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ސްޓެލްކޯގެ ހިދުމަތްތެރި އަދި ގައުމުދެކެ ލޯބިވާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެ މުވައްޒަފުން ކުރާ މަސައްކަތް އަބަދުވެސް ފާހަގަވަމުން އަންނަ ކަމަށެވެ.
”އެއީ ފެންބޮޑުވުމެއް ކަމުގައިވިޔަސް، ގުދުރަތީ މުސީބާތެއް ކަމަށްވިޔަސް ނުވަތަ ދިމާވާ އެހެންވެސް ގޮންޖެހުމެއް ނަމަވެސް ސްޓެލްކޯގެ މުވައްޒަފުން ދަނީ ކެތްތެރިކަމާއި އޯގާތެރިކަމާއި ޒިންމާދާރުކަމުގެ ވަރުގަދަ އަޒުމެއް ދައްކަމުން. ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަމިއްލައަށް އިސްނަގައިގެން ތި ކުރާ މަސައްކަތަކީ ތިޔަ މުވައްޒަފުންގެ ހިދުމަތްތެރިކަމާއި ޕްރޮފެޝަނަލިޒަމްގެ ހެއްކެއް،“ ފަހުމީ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ، ސްޓެލްކޯގެ އަމާޒަކީ ހަމައެކަނި ހަކަތަ ފޯރުކޮށްދިނުން ނޫން ކަމަށާއި ގައުމަށް އެންމެ ބޭނުންތެރި ވަގުތުގައި ހިތްވަރުގަދަ ތަނބެއްގެ ގޮތުގައި ހުރުން ކަމަށެވެ.
”ސްޓެލްކޯ ޓީމުގެ ކޮންމެ މެންބަރެއްގެވެސް ބުރަ އަދި އަމިއްލަ އެދުމެއް ނެތި ކުރާ މަސައްކަތް ފާހަގަނުކުރެވި ނުދާނެ. އަދި ތިޔަ މުވައްޒަފުން ވަމުން އަންނަ ހިއްސާގެ އަގު ވަރަށް ބޮޑަށް ފާހަގަކުރަން. އަޅުގަނޑުމެންގެ މުޖުތަމައުގެ ބާރާއި އިތުބާރުގެ މަސްދަރަކަށް ވީތީ ޝުކުރު އަދާކުރަން،“ ފަހުމީ ވިދާޅުވެފައިވެ އެވެ.
ގުޅުންހުރި
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހަކީ ޑިމޮކްރަސީއަށް މުހިންމު ފިޔަވަޅެއް: ފަހުމީ
އޭޝިއާގެ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑް ލިބުނު ފުރަތަމަ ދިވެހި ކުންފުންޏަކަށް ސްޓެލްކޯ!
ސްޓެލްކޯގެ ސްލޯގަންއަކީ ”ތަރައްގީގެ ބައިވެރިޔާ“
ސްޓެލްކޯ އިން އަންހެން އިލެކްޓްރީޝަނުން ތަމްރީން ކުރަން ކޯހެއް ފަށަނީ، ބައިވެރިވުން
ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިންގެ 469 މުވައްޒަފުން ފުރިހަމަކޮށްފި