އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނާ ބެހޭ ގާނޫނުތަކަށް ސަރުކާރުން ހުށަހެޅި ދެ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޒާހިރެވެ. އީސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި ދެ ބިލު ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.
އޭސީސީގެ ގާނޫނާއި އީސީގެ ގާނޫނަށް ވަކިވަކިން ހުށަހެޅި ދެ ބިލުގައިވާ ގޮތުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ އެވެ. އެކަމަކު އެ މަގާމަށް އައްޔަން ކުރާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ފާސްކުރި ދެ ބިލުގައިވާ ގޮތުން ދެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ، އެކަމަށް ނަގާ ވޯޓެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.




ގުޅުންހުރި
އެއް ކޮޓަރި ފުލެޓު ދޫކޮށްލުމުން، ތިން ކޮޓަރިއަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު
ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް
މީހަކު 100 އަށްވުރެ ގިނަ ކާޑުގެ ޑޮލަރު ލިމިޓު ބޭނުންކުރި މައްސަލައާއެކު
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް ހަވަނަ ފަހަރަށް ރާއްޖެއަށް
ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ