ނޮވެމްބަރ 27, 2024

ބޭރު ފައިސާއާ ބެހޭ ބިލްގެ ޑްރާފްޓުގައި ޑޮލަރު މާރުކުރުމަށް ލުއިތަކެއް ދީފި

ރިސޯޓުތަކަށް ލިބޭ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ)އިން ހެދި ގަވާއިދުގައި ހުރި ބައެއް ކަންކަން ބަދަލުކޮށް ގާނޫނަޑށް ހެދުމަށް އެކަމާ ގުޅޭ ބިލެއް ޑްރާފްޓުކޮށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

އެމްއެމްއޭއިން މިރޭ އާންމުންގެ ހިޔާލު ހޯދުމަށް ހުށަހެޅި ”ބޭރު ފައިސާއާބެހޭ ބިލް“ ގައިވާ ވަނީ  ޓޫރިޒަމް ދާއިރާގެ ހުރިހާ ވިޔަފާރިތަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ ކަމަށެވެ.