އަންނަ ރޯދަމަހުވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ ރޯދަމަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދިނެވެ. އޭގެ އިތުރުން މިދިޔަ ރޯދަމަހު 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވެ އެވެ.
އަންނަ އަހަރުގެ ރޯދަމަހު ވެސް ބިލުތަކުން ޑިސްކައުންޓު ލިބޭނެކަން ރައީސް އިއުލާންކުރެއްވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
”ހަމަ މިދިޔަ ފަހަރު ދިންހެން ރާއްޖޭގެ ތާރީހުގައި އަލަށް ރޯދަމަހުގެ ޑިސްކައުންޓް އަޅުގަނޑުމެން ބިލުތަކުން ދިނިން. ކަރަންޓާއި ފެނުން. ހަމައެގޮތަށް އަނެއްކާވެސް އެ ޑިސްކައުންޓު ދޭނަން އިރާދަކުރެއްވިއްޔާ،“ ރައީސް ވިދާޅުވި އެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، މިދިޔަ ރޯދަމަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޖުމުލަ 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ މަހުގެ 17 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، އަންނަ ރޯދަމަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސްދަޅު ކޭހެއް ދެއްވާނެ ކަމަށް ވެސް އިއުލާންކުރައްވައިފަ އެވެ.




ގުޅުންހުރި
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ޑެންގޫ ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެއްޖެ، މިދިޔަ މަހު އެކަނިވެސް
”ވާނެތަ؟“، ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ!
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ