މާދަމާ އިން ފެށިގެން ކޮންމެ މަސްދޯންޏަކަށް، އެ ދޯންޏަކުން މަސް ކިރާތާ48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް، ކ. ގާފަރަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ބީއެމްއެލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މާދަމައިން ފެށިގެން ބީއެމްއެލްގައި އެކައުންޓު ހުޅުވާފައިވާ ދޯނިތަކަށް 48 ގަޑިއިރު ތެރޭ ބިލަށް ފައިސާ ޖަމާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”ވަރަށް ގިނަ ދުވަހުގެ މަސައްކަތުން އިއްޔެ ވާނީ ވަރަށް މުހިންމު އެރޭންޖުމެންޓެއް ހަދާފަ، އެގްރީމެންޓެއް ހަދާފަ. އެއީ ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާ ތިންބައިމީހުންގެ އެގްރީމެންޓެއްގަ އިއްޔެ ސޮއިކުރެވިފަ އިންތިޒާމުތަކެއް ހަމަޖައްސައިފިން. އެ އިންތިޒާމުތަކުގެ ނަތީޖާއަކީ މާދަމާއިން ފެށިގެން ބީއެމްއެލްގަ އެކައުންޓެއް އޮވެއްޖެނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭ ފައިސާ ޖަމާކުރުމުގެ ކަންތައް އެއޮތީ ހަމަޖައްސައިދީފަ. އެހެންވީމާ އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން މަސްވެރިންނަށް އަޅުގަނޑުވީ ވައުދު ފުއްދެމުންދާނެ ބީއެމްއެލްގަ އެކައުންޓެއް އޮތް މަސްދޯންޏެއް ވިއްޔާ“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރި 38 މިލިއަން ރުފިޔާ ވެސް މިއަދު ޖަމާކޮށްފައިވާ ކަމަށެވެ. އެއީ، މިދިޔަ ދެ ހަފުތާ ތެރޭގައި ދޭންޖެހިފައި ހުރި ފައިސާއެވެ.
”އެހެންވީމާ ބެކްލޮގް ނިމުނީ. އިރާދަ ކުރެއްވިއްޔާ ދެނެއް ބެކްކޮލެއް ނާންނާނެ.“ ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަނީ ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއި ބީއެމްއެލާ އެކު ހެދި އެއްބަސްވުމެއްގެ ތެރެއިންނެވެ. އެ ކަމަށްޓަކައި ރައީސް ވަނީ ބީއެމްއެލަށް ޝުކުރު
މާދަމައިން ފެށިގެން މާލެ އަތޮޅު ހިންމަފުށިންނާއި އައްޑޫ ސިޓީ ހުޅުމީދޫގެ އިތުރުން ކޫއްޑޫއާއި ފެލިވަރުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
2 Comments
ގުޅުންހުރި
ލަންކާގައި މީދަލުން ޖެހޭ ހުމެއް ފެތުރެނީ، މިހާތަނަށް 7 މަރު!
ބްރޯޑްކޮމްއަށް 12 ބޭފުޅެއްގެ ނަން، ރައީސްގެ ލިސްޓުގެ ކުރީގައި މުހައްމާ އަދި
އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީއެއްގެ ހިދުމަތްތައް ހުއްޓިއްޖެ
އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލެޓްތަކުގެ މަައުލޫމާތުތަކަށް އަސަރެއް ނުކުރާނެ: މިނިސްޓްރީ
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އެއްބައި އަރި އަޅާލައިފި
ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވެ އަނދަނީ