ހުޅުމާލޭގައި ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ވެހިކަލްތަކަށް ސިނަމާލެ ބްރިޖަށް ނޭރޭ ގޮތަށް ހުޅުމާލެ މަގު ބްލޮކް ކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން މިދިޔަ ބުދަ ދުވަހު ކުރި އިހުތިޖާޖާ ގުޅިގެން ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ބުރިޖަށް ނޭރި، ޓްރެފިކް ބާރުބޮޑުވި އެވެ. އެ އިހުތިޖާޖު ފުލުހުން ރޫޅާލީ ޓެކްސީތައް ޓޯކޮށްގެންނެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ ބުދަ ދުވަހު ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އާންމު ދަތުރުފަތުރަށް ހުރަސް އަޅައި މަގު ބްލޮކުކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައާ ގުޅިގެން މއ. ނަހީދީމަންޒިލް/ މިސްބާހު ޝަރީފު (31އ)، ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށްވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށް 22 ކާރު ޓޯކޮށްފަ އެވެ. ހައްޔަރުކުރި ތިން މީހުންނަކީ މއ. ވިރާހު/ މުހައްމަދު ޝާމިން (39އ)، ލ. ދަނބިދޫ/ ސަންރޭ، އަހުމަދު ޝަބީން (33އ) އަދި ހދ. ކުމުންދޫ/ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު (36އ) އެވެ.
އޭގެ ތެރެއިން ނުއުމާން ޝަރުތުތަކާއެކު ދޫކޮށްލާފައިވާއިރު، އަނެއް ދެ ބައި މީހުން ވަނީ ބަންދުކޮށްފަ އެވެ.

1 Comment
ގުޅުންހުރި
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް
އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާ
ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން
ރިބާއަކީ މުދަލުގެ ބަރަކާތް ކަނޑުވައި ދިރިއުޅުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާ އެއްޗެއް: