ފާއިތުވެ ދިޔަ އަހަރުތަކުގައި އެކި ސަރުކާރުތަކުން މަންދޫގައި މަޝްރޫއުތައް ހިންގާފައިވަނީ ވަރަށް މަދުން ކަމަށާއި މި ސަރުކާރުން އެހެންވިޔަ ނުދީ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އެ ރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެ އެވެ.
މަންދޫ ކައުންސިލުން އެގޮތަށް އެދުނީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
އދ. ދަނގެތި ކައުންސިލް އިދާރާގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި މަންދޫ ކައުންސިލުން ވަނީ އެ ރަށަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި:
- ރަށުގެ ސްކޫލަށް އިތުރު ކުލާސްރޫމް
- ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ތަރައްގީކުރުން
- ބަނދަރު ތަރައްގީކުރުން
- އޭޓީއެމްގެ ހިދުމަތް ރަށުން ލިބުން
- ރަށުން މާލެއަށް ފަސޭހައިން ދެވޭނެ ގޮތެއް ހަމަޖެއްސުން
ރައީސް އޮފީހުން ބުނީ، ވައުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްދާނެ ކަމަށާއި މުޅި ރާއްޖޭގައި އޭޓީއެމްގެ ހިދުމަތް ތައާރަފުކުރުމުގެ މަޝްރޫއު ފެށިފައިވާކަން އެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ކަމަށެވެ.

9 Comments
ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް