”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އުސޫލާ ހިލާފަށް ކަންކަން ކޮށްފައިވާ މީހުންނަށް ދައުވާކޮށްދިނުމާމެދު ގޮތެއް ނިންމުމަށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން މިއަދު ބުނީ، އާއްމު މަސްލަހަތު ބޮޑު މި މައްސަލައިގެ، ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ނިންމައި ދައުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން، ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ކަމަށެވެ.
ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓު ދޫކުރި ގޮތާގުޅޭ ގޮތުން އޭސީސީން މީގެ ކުރިންވެސް ވަނީ ތަހުގީގެއް ހިންގައިފަ އެވެ.
އެ ތަހުގީގުގެ ތެރެއިން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރީ ސަރުކާރުގެ ފްލެޓް ކޮމިޓީގެ ހަތަރު މީހުންގެ ގެތައް ބަލައިފާސްކުރި އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް އެއްވެސް ތުހުމަތެއް ނުވަތަ ދައުވާއެއް ކުރުމަށް އޭސީސީން އޭރު ނިންމާފައެއް ނުވެ އެވެ.
ދެ މަސް ދުވަހަށްވުރެ ދިގު ތަހުގީގަކަށްފަހު އޭސީސީން އޭރު ބުނީ ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ޕްލެޓް ލިބުނު ކަމަށް ކުރީގެ ހައުސިން މިނިސްޓްރީން ނިންމި މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އަދި 4،000 ފުލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި