އެސްޓީއޯ އިން މާފަންނުގައި އާ ފާމަސީއެއް އިއްޔެ ހުޅުވައިފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ އަލަށް ހުޅުވި ފާމަސީ ހުންނާނީ މަޖީދީ މަގު، ވެލިގާ ހާޑްވެއާގެ އަނެއް ކަންމަތީގައި ކަމަށެވެ.
މި ލޮކޭޝަންއަކީ ގިނަ ކްލިނިކުތަކެއް ހުންނަ ހިސާބެއްކަމުން ޑޮކްޓަރަށް ދައްކާ ފަރާތްތަކަކަށް އެސްޓީއޯގެ ފާމަސީގެ ހިދުމަތް ކްލިނިކްތަކާއި ކައިރިން ލިބެންހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ އަލަށް ހުޅުވި މި ފާމަސީއަކީ ޒަމާނީ ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށްފައިވާ ފާމަސީއެއް ކަމަށެވެ. އެގޮތުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އެކުއިޕްމަންޓުގެ އިތުރުން ހޯމްކެއާ އަދި ޕާސަނަލް ކެއާ ރޭންޖްގެ ވަރަށް ގިނަ ތަކެތި ފާމަސީ އިން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ފާމަސީގެ ދެ ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ މެޑިކަލް އިކުއިޕްމެންޓްސް އާއި މެޑިކަލް ކޮންޒިއުމަބަލަސްގެ ތަފާތު ފަހުގެ ޒަމާނީ ފްރޮޑަކްޓްސްތަކަށް ކަމަށާއި ދެވަނަ ފަންގިފިލާގައި ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކައުންޓަރެއް ވެސް ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ ކަސްޓަމަރުންނަށް ބޭނުންތެރި އަދި މުހިއްމު އެތައް ވަސީލަތެއް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމުގެ ސަބަބުން، ފާމަސީ ހުޅުވުމާއެކު ހިދުމަތް ހޯދަންދާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ފާމަސީ ހުޅުވާފައި ހުންނަ ވަގުތުތައް:
ހޮނިހުރު – ބުރާސްފަތި: ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް
ހުކުރު: މެންދުރު 02:00 އިން ރޭގަނޑު 10:00 އަށް




ގުޅުންހުރި
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ
އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ހަތަރު ބްރޭންޑެއް ތައާރަފުކޮށްފި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ކާބޯތަކެތި މި މަހު 15ގެ ފަހުން
ހާއްސަ އޮފާ އަކާއެކު އެސްޓީއޯ އިން އެލްޖީ ޓީވީ ތައާރަފުކޮށްފި
އަޅުގަނޑަކީ ވަރަށް ކުޅިކޮށް ކާ މީހެއް, ކަނޑޫދޫ މިރުސް ވަރަށް މީރު: