ޖެނުއަރީ 15, 2025

ޑިމޮކްރެޓްސްގެ ކުޑަ ވާހަކަ ދައްކާތީ ވައްޑެގެ ރައްދު: އެންމެ ކުޅިވާނީ އެންމެ ކުދި މިރުސް!

ދަ ޑިމޮކްރެޓްސްއަކީ މެންބަރުންގެ އަދަދުން ބަލާއިރު ކުޑަ ޕާޓީއެއް ނަމަވެސް އެ ޕާޓީ ވެގެންދާނީ ރާއްޖެއަށް ހަގީގީ މާނައިގައި އިސްލާހީ ބަދަލުތައް ގެންނާނެ ޕާޓީއަށް ކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އަދި އެ ޕާޓީގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިން މޭޓުގެ ގޮތުން ވާދަކުރެއްވި، ހުސެން އަމްރު ހިމެނިވަޑައިގަންނަވަ އެވެ.

އެކަމާ ގުޅިގެން ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައްޑޭ ވިދާޅުވީ ޑިމޮކްރެޓްސްއަކީ ކުޑަ ޕާޓީއެއްގެ ގޮތުގައި ފެނިދާނެ ކަމަށާއި ނަމަވެސް އެ ޕާޓީ މުސްތަގުބަލުގައި ވެގެންދާނީ މާނަވީ ގޮތެއްގައި އިސްލާހީ ބަދަލުތަކުގެ ވާހަކަދައްކާ ޕާޓީ ކަމަށެވެ.

”މިރުހެއްގެ ކުޅިކަން ކަނޑައަޅަނީކީ އޭގެ ސައިޒެއް ވޮލިއުމެއް ނޫން. ގިނަ ފަހަރާ ހަމަ އެންމެ ކުޅި ވާނީ އެންމެ ކުދި މިރުގެ އިނގޭތޯ،“ ވައްޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަ ޑިމޮކްރެޓްސްގައި މިހާރު ކުރިއަށްދަނީ އިރުވައި މޫސުމުގެ ތިން ހަޅަ ކަމަށާއި ޕާޓީގެ ކުރިއެރުމާއި ކާމިޔާބީ އަދި ކުރިއަށް އޮތީ ކަމަށެވެ. އަދި ޑިމޮކްރެޓްސް ދޫކޮށް ދިޔަ ބޭފުޅުންނާއި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި ޕާޓީ ބަދަލުކުރުމަކީ އެ ބޭފުޅުންގެ އަމިއްލަ ސިޔާސީ ނިންމެވުމެއް ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.

16 Comments

  • Anwar Waheed ޖެނުއަރީ 13, 2025

    Saabas dhariyaa dhookoh nulaathi nama ves MDP aai eku islaahee masakkaiy kurehvumaai 17 aharun Alhugandu mennah hoadhunu gaanoon Asaaseege dhifaauga nikume vadai gannavan jeheyne

  • Nadhira Ali ޖެނުއަރީ 13, 2025

    Meenaves dhen maaginadhuvahehnuvaane mdp ah dhaakah balanthibeythi

  • Mohamed Solih Solle ޖެނުއަރީ 13, 2025

    Kudhi miruhuge kulhi haha nufilaigennun thi ulhenee

  • Lathyfa Ibrahim ޖެނުއަރީ 13, 2025

    Dhaabayaku dhey alhugadu men nudhaanan

    • Ahmed Munawwru ޖެނުއަރީ 14, 2025

      Lathyfa Ibrahim salhi

  • Ali Naseem Ali Naseem ޖެނުއަރީ 13, 2025

    Fainu meeheh kamaku wadde akee miruhuge vaahaka dhahkan engey meeheh noon.

  • Madhy Haa ޖެނުއަރީ 13, 2025

    Bodethi kulhi mirus maa kulhi gadha vaane PNC akee ehme bodu kulhi mirus

  • Ahmed Iyaadh ޖެނުއަރީ 13, 2025

    އިސްތިއުފާ

  • Usamath K. Al-Nabulsi ޖެނުއަރީ 13, 2025

    Alamgiri party 😂

  • Moosa Adam ޖެނުއަރީ 13, 2025

    Bad Dey

  • Mohamed Moosa Mms ޖެނުއަރީ 13, 2025

    Roolhuniy

  • Ahmed Munawwru ޖެނުއަރީ 14, 2025

    Mirus waheed dho

  • Aaisha Adam ޖެނުއަރީ 14, 2025

    Wadde bunyyass thee v.thedhu vaahakaeh

  • Rato Ehmed ޖެނުއަރީ 14, 2025

    Dhandhu verikan kuraa bayeh th

  • Re Dey ޖެނުއަރީ 14, 2025

    Fain araa chas kollanves faseyha vaany emme kudhi mirus

  • Ayyu ޖެނުއަރީ 14, 2025

    Kulhikan dhakkaalan nikan nikumelaabea FK laadheenee Alangiri kulhithah.

Leave a Reply