ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާންގެ ދައުރު ހަވަވުމާ ގުޅިގެން އެ މަގާމަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމު އެ މަގާމަށް މިއަދު އައްޔަނުކުރައްވައިފި އެވެ.
ޒީނާޒުއަކީ މި ސަރުކާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުންނެވެ. ޒީނާ، ޕީއެންސީގެ އެސްޖީގެ މަގާމަށް ހަމަޖެއްސެވީ މިދިޔަ އަހަރުގެ ތެރެއިގަ އެވެ.
ޒީނާޒްގެ ދައުރު ހަމަވެފައި ވަނީ މިދިޔަ ޑިސެމްބަރު 31، ގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވުމުން އިތުރު ފުރުސަތެއް ޒީނާޒަށް ނުދެއްވަން ޕީއެންސީގެ ލީޑާޝިޕުން ވަނީ ނިންމައިފަ އެވެ.
އޭގެ ފަހުން މިއަދާ ހަމައަށް އެ މަގާމު ހުސްކޮށް އޮތުމަށް ފަހު މިއަދު ވަނީ އެ މަގާމަށް މުއާޒު އައްޔަނުކުރައްވާފައެވެ.
ޕީއެންސީގެ އިދާރީ ކަންކަން ހިންގުމާ ހަވާލުވެ ހުންނަވާނީ އެ އިރެއްގައި އެސްޖީކަމުގައި ހުންނަވާ ބޭފުޅެވެ.



