އެމްއެމްޕީއާރްސީން ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ހިމެނޭހެން ހަތަރު މީހަކާއެކު ދައުލަތުން ހެދި އެއްބަސްވުންތައް އުވާލައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އިމިއުނިޓީ އެއްބަސްވުން ބާތިލުކުރުމަށް މިއަދު ނިންމާފައިވަނީ އަދީބުގެ އިތުރުން މ. ލޭންޑް އޮފް ގާޑެން، އަހުމަދު އިޝްފާހް އަލީ އާއި މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް އަދި ގ. އޮއިވާލި، މުހައްމަދު ހުސައިން އެވެ.
ޕީޖީ އޮފީހުން ވަނީ އޮގަސްޓް 2022 ގައި އަބްދުالله ޒިޔާތާ އެކު ވެފައިވާ އެއްބަސްވުންވެސް ނިމުމަކަށް ގެނެސްފަ އެވެ.
މި މީހުންނާއެކު އެއްބަސްވުންތައް ހަދާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. މި އެއްބަސްވުންތައް ޕީޖީ އޮފީހާއެކު ހަދާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމަށެވެ.
ޕީޖީ އޮފީހުން ބުނީ، މި އެއްބަސްވުންތައް އުވާލަން ނިންމީ، އެ މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަހުގީގީ އިދާރާތުން މައުލޫމާތު ދީފައިވާތީ ކަމަށެވެ.
އަދި އެއްބަސްވުންތައް އުވާލުމުން، އެކަމާހެދި ކުރިއަށް ނުގެންދެވި ހުރި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް، ވީ އެންމެ އަވަހަކަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް، ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ގުޅުންހުރި
ޣައްޒާގައި 5 އަހަރުން ދަށުގެ ހުރިހާ ކުދިން ބަނޑަށް މަރުވުމުގެ ބިރު
ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިއްޖެ، މީގެ ކުރިން 13
ގަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ރުހުން ދީފި
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު، ”ކަނބުލޮ“ގެ ޓިކެޓް ވިއްކަން
ޓެކްސްތަކާ ބެހޭ ކުށްތައް ޖަލު އަދަބަށް ބޮޑުކޮށް، އިތުރު ބާރުތަކެއް މީރާއަށް
ޕެންޝަން ފަންޑުން ފުލެޓުތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީ