ހިރިޔާ ސްކޫލުގައި ކުޅުނު ފުޓްސަލް މެޗެއްގެ ތެރެއިން ބެލެނިވެރިޔަކު ކުއްލި ގޮތަކަށް މަރުވެއްޖެ

މާލޭގެ ހިރިޔާ ސްކޫލުގައި ބޭއްވި މުބާރާތެއްގައި ފުޓްބޯޅަ ކުޅެނިކޮށް ބެލެނިވެރިއަކު ކުއްލިއަކަށް ރޭ ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހިރިޔާ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމު ކޮށްގެން އެ ސްކޫލުގެ ގޯތިތެރޭގައި ބޭއްވި މުބާރާތުގައި ފުޓްސަލް މުބާރާތެއްގައި ކުޅެނިކޮށް ވެއްޓި ނިޔާވީ އަހުމަދު ޝަރީފު، 56 އަހަރެވެ.

އެ މީހާ ވެއްޓުމާއެކު އެ ތަނުގައި ތިބި މީހުން ވަގުތުން އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށްވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފުގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި އޮތީ މިއަދުގެ ހުކުރު ނަމާދުގެ ފަހުގައި އާސަހަރާ މިސްކިތުގަ އެވެ.