ރަސްމީ ދުވަސްތަކުގެ އިތުރުން ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ދިނުމަށް އިމިގްރޭޝަން އިން ނިންމައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއިން ވެލާނާގެ އާއި ހުޅުމާލޭ 1 ގެ އުމަރު ޒާހިރު ބިލްޑިންގުގެ އިތުރުން ހުޅުމާލެ 2 ގެ ވިނަރެސް 2 ގައި ހުންނަ އެ އިދާރާގެ އޮފީހުން ޕާސްޕޯޓް ދޫކުރާނެ ކަމަށެވެ.
އެގޮތަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ޕާސްޕޯޓު ހެދުމާއި ދޫކުރުމުގެ ހިދުމަތްދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ވެސް ޝައްމާން ވިދާޅުވި އެވެ.
މި ބަދަލާއެކު ވެސް ސިއްހީ ކުއްލި ހާލަތެއްގައި ރާއްޖެއިން ބޭރަށް ދާ މީހުންނަށް ކުރިއެކޭ ވެސް އެއްގޮތަށް 24 ގަޑިއިރު ޚިދުމަތް ލިބޭނެކަމަށް ކޮންޓްރޯލާ ޝައްމާން ފާހަގަކުރެއްވި އެވެ.
އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.
މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި މަސައްކަތް ވަނީ ފުޅާކޮށްފަ އެވެ.




ގުޅުންހުރި
ބަނގުރަލުގެ ވިޔަފާރިކުރާ ނޭޕާލް ގުރޫޕަކާއި ބަނގުރާ ގެންގުޅުނު ބަންގްލަދޭޝް ގުރޫޕެއް ހައްޔަރުކޮށްފި
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
މާލެއިން 932 ބިދޭސީން ޗެކުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު
40 ބިދޭސީއަކު ފާސްކޮށް ގަވާއިދާ ހިލާފަށް އުޅުނު 10 ބިދޭސީއަކު އަތުލައިގަނެފި
ޔޫކޭގައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ޖަލަށްލީ ދިވެއްސެއް ނޫން!
އިމިގްރޭޝަނުން ހުޅުވާލި 50 ޖާގައަށް 861 މީހުން ކުރިމަތިލި!