މީގެ ދެ އަހަރު ކުރިން ދެ ލޯންޗެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލާގައި، އެ ދެ ލޯންޗު ދުއްވަން ތިބި ކައްޕިންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
29 އޭޕްރީލް 2023ގެ ހަވީރު 4:42ގައި ފޭދޫފިނޮޅު ކައިރިން ދެ ލޯންޗު ޖެހި ހިނގި އެ އެކްސިޑެންޓުގައި އުމުރުން 52 އަަހަރުގެ ސައުދުﷲ އަވަހާރަވެފައިވަނީ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އެ ރޭ 6:15 ހާއިރު އެވެ.
އެކްސިޑެންޓުވެފައި ވަނީ ’ސަސް އީ ސްޕީޑް‘ ލޯންޗާއި ’އެމްޑަބްލިއުއެސްސީ މެރިން 2‘ ލޯންޗު ޖެހިގެންނެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން އެދިފައިވަނީ އެ ދެ ލޯންޗުގެ ވެސް ކައްޕިންގެ އިހުމާލު އޮތް ކަމަށާއި އެހެންވެ، އެމީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށެވެ.
ދައުވާކޮށްދޭން އެދިފައިވަނީ:
– މުހައްމަދު ޖަމީލް (43އ)، ގްރީންހައުސް ހދ. ނޮޅިވަރަން
– ޔާނިސް ހަމީދު (35އ)، ހީނާވިލާ ކ. ކާށިދޫ
މި މައްސަލައިގެ ތަހުގީގު ނިންމައި އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް އެންމެ ފުރަތަމަ ފޮނުފައިވަނީ 4 ޖޫން 2023ގައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުވުމަށް ފަހު، ދެވަނަ ފަހަރަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި މަހު 15 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ