ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މާލެ އާއި ހުޅުމާލޭގައި ހިންގާ ޝެޑުތަކުން ފުޅި އާއި ހަމަށް ތެޔޮ އަޅާ އުސޫލަށް ބަދަލު ގެނެސްފި އެވެ.
އެފްއެސްއެމުން އިއްޔެ ސޯޝަލް މީޑިއާގައިކުރި ޕޯސްޓެއްގައި ބުނީ ފުޅިއަކަށް ކަސްޓަމަރަކަށް ދެން ދޫކުރަނީ ދުވާލަކަށް ތިން ލީޓަރު ކަމަށެވެ. އެފްއެސްއެމުން ބުނީ ފުޅިއަށް ތެޔޮ އަޅާދެވެނީ މިހާރެކޭ އެއްގޮތަށް އެ ކަސްޓަމަރެއްގެ އައިޑީކާޑު ހުށަހެޅުމުން ކަމަށެވެ.
އަދި، ހަމަށް ތެޔޮ ދޫކުރަނީ ޑިންގީ ނުވަތަ ލޯންޗެއްގެ ރަޖިސްޓްރީއަށް ބަލައިގެން ދުވާލަކަށް ގިނަވެގެން 80 ލީޓަރު ކަމަށް އެފްއެސްއެމުން ބުންޏެވެ.
”މި ބަދަލުތައް ގެނައުމަށް ނިންމުނީ، ސަލާމަތީ މިންގަނޑުތަކަށް ބަލައި އުސޫލަށް ބަދަލު ގެްނަން ފެންނާތިވެ އާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި،“ އެ ކުންފުނިން ބުންޏެވެ.
އެފްއެސްއެމް އިން އެއްގަމު އުޅަނދުތަކަށް ތެޔޮ އަޅައިދޭ ޝެޑުތަކުގެ ރޭޓުތައް، ބަނދަރުގައި ކަނޑު އުޅަނދުތަކަށް ތެޔޮ އަޅައިދޭ ރޭޓަށްވުރެ ބޮޑެވެ.




1 Comment
ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ