މާލެ ސަރަޙައްދުގެ ވައި ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން 2 ކިލޯމީޓަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް މެޓު އޮފީހުން ބުނެފި އެވެ.
މެޓުން ބުނީ މިއީ އާންމު ދުވަސްތަކާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެއް ކަމަށެވެ. މެޓުން ބުނީ ވައި ސާފު ދުވަސްތަކުގައި 10 ކިލޯމީޓަރަށްވުރެ ދުރަށް ފެންނަ ކަމަށެވެ.
މާލޭ ސަަރަހައްދުގެ އިތުރުން ހަނިމާދޫއަށް ވެސް ވައި ނުސާފު ކަމަށް މެޓުން ބުންޏެވެ. ހަނިމާދޫގައި ލޮލަށް ފެންނަ ދުރުމިން އުޅެނީ 6 ކިލޯމީޓަރުގައި ކަމަށް މެޓުން ބުންޏެވެ.
އަދި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވެސް ވައި ނުސާފުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވަނީ ރާއްޖޭގެ އިރުމަތިން ބޭރުން އަންނަ ދުމުގެ ސަބަބުން ކަމަށް މެޓުން ފާހަގަކޮށްފައިވެއެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް މި މޫސުމުގައި ދިމާވާ ކަމެކެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް