ރ. އުނގޫފާރުން 15 މީހުން ގޮވައިގެން ށ. މިލަންދޫއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް ބަންޑުން ޖަހާލައިފި އެވެ.
އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މީޑިއާތަކަށް ވިދާޅުވި ގޮތުގައި މިއަދު ހަވީރު 5:30 ހާއިރު މިލަންދޫ އާއި މާކަނޑޫދޫ ކައިރިން އެ ލޯންޗު ބަންޑުން ޖަހާލީ ޕެޗު އަޅާފަ ހުރި ތަނެއް ފަޅައިގެން ގޮސް ދިޔަވާން ފެށުމުން އެންމެން އެއްފަޅިއަކަށް އެރުމުން ކަމަށެވެ.
ނަމަވެސް ލޯންޗު ބަންޑުން ޖަހާލުމުގެ ކުރިން އޭގައި ތިބި އެންމެން މިލަންދޫން ފޮނުވި ލޯންޗަކަށް ނަގައިގެން ސަލާމަތްކުރި ކަމަށް ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ހަތް ކުޑަކުދިންވެސް ތިބި އެ ލޯންޗަކީ އުނގޫފާރު އަންހެނަކާ ކައިވެނިކޮށްގެން އުޅޭ މިލަންދޫ ފިރިހެނަކު ދުއްވި ލޯންޗެކެވެ. އަދި އޭގެން ދަތުރުކުރި އެންމެންނަކީވެސް އެއް އާއިލާއެއްގެ ބައެއް ކަމަށާއި އެ މީހުން މިލަންދުއަށް ދިޔައީ ޗުއްޓީއަށް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ހާދިސާގައި ޖިސްމާނީ ގޮތުން މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ނަފުސާނީ ގޮތުން އަސަރުކޮށްގެން ހުރުމުން ތިން މީހަކަށް މިލަންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
އުނގޫފާރު ބިން ހިއްކުން: އެމްޓީސީސީ އަށް އަހަރެއް ތެރޭ ހިއްކުނީ 1
މާލެ ދަތުރު ކުރަމުންދިޔަ ހޮޅުދޫ ބޯޓުގައި ރޯވެ އަނދައިފި
އަޑިއަށް ދިޔަ ލޯންޗުން ދަތުރުކުރި ޓޫރިސްޓެއްގެ ފޯނުން ކަނޑުވި ހާދިސާގެ ވީޑިއޯތަކެއް
48 މީހުންނާއެކު ލޯންޗެއް އަޑިއަށް، ކަނޑުވެފައި ތިއްބައި އެންމެން ސަލާމަތް ކޮށްފި
ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދި ދެ މީހުން ހައްޔަރުކޮށްފި
ރ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިން އަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފަކު