މ. ދިމްޔާތު ބޭރުގައި ކުލަ ލާން އުޅުނު ބިދޭސީއަކު ވެއްޓި އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ
ފުލުހުން މިއަދު ބުނީ ދިމްޔާތުގެ އެއްވަން ފަންގިފިލާގެ ބޭރުގައި ކުލަލާން އުޅުނު އިންޑިއާ މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓެއް ހަވީރު 5:00 ހާއިރު ލިބިފައިވާ ކަމަށެވެ. ވެއްޓުނު މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާއިރު، ހަތަރު މީހެއްގެ އަތްދަނޑިމަތީގައި ވެއްޓުނު މީހާ އައިޖީއެމްއެޗަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.




ގުޅުންހުރި
މީޑިއާ ކޮމިޝަންގެ ނައިބު ރައީސްކަމަށް ޒަމްއަތު ހޮވައިފި
މީހުން އުޅޭ ހުރިހާ ރަށަކަށް ރައީސް ޒިޔާރަތް ކުރެއްވުމަކީ މުރާލިކަމުގެ ނަމޫނާއެއް:
ރައީސް މުއިއްޒު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން