ފެބްރުއަރީ 1, 2025

ކުރީގެ ފަސްޓްލޭޑީ ފަޒްނާގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދުގެ މަންމާފުޅު ޒަމީރާ އުމަރު މިއަދު އަވަހާރަވެއްޖެ އެވެ.

ފަޒްނާގެ މަންމާފުޅު އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ސޯލިހުގެ ދެކަނބަލުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަޒްނާގެ މަންމާފުޅު އަވަހާރަވުމުގެ ފުންހިތާމައިގައި ބައިވެރިވާ ކަމަށެވެ.

”މަރުހޫމާ ޒަމީރާ އުމުރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، މާތްﷲ ގެ ތަނަވަސް ރަހުމަތާއި އޯގާވަންތަކަމުގައި ތާއަބަދުމެ ލެހެއްޓުން އެދި ދުއާ ކުރަމެވެ. އާމީން“ ރައީސް ވިދާޅުވި އެވެ.