މިސްރާވީ ފަޅިން ފަލަސްތީނުން ނުކުމެވެން އޮންނަ ރަފާ ބޯޑަރު ނުވަ މަސް ހުޅުވާލައިފި އެވެ.
ރަފާ ބޯޑަރު ހުޅުވާލުމާއެކު ފަލަސްތީނުގެ ބަލި މީހުންނާއި އަނިޔާ ލިބިފައިވާ މީހުން ފަރުވާއަށް ވަނީ މިސްރަށް ދާން ފަށައިފަ އެވެ. ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުން މިއަދު އެކަނިވެސް ފަލަސްތީންގެ 50 ޕޭޝަންޓަކާއި އެ މީހުންގެ އެހީތެރިންގެ ގޮތުގައި 61 މީހަކު ރަފާ ބޯޑަރު ހުރަސްކޮށް މިސްރަށް ގޮސްފައިވާ ކަމަށެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދިޔަ ގަތުލުއާންމާ ގުޅިގެން ފަލަސްތީންގެ ގިނަ ބަޔަކު ތިބީ ފަރުވާ ހޯދުމުގެ ފުރުސަތު ބަންދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކެންސަރު ފަދަ ދިގު މުއްދަތަށް ފަރުވާ ހޯދަންޖެހޭ ބަލިތަކުގެ މީހުންނެވެ.
ހަމަލާތައް ހުއްޓާލުމަށް ފަލަސްތީނު މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދުވި އެއްބަސްވުމަށް މިދިޔަ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާއިރު، އެ އެއްބަސްވުމުގެ ދަށުން ފަލަސްތީން 400 މީހުންނަށް ޣައްޒާ ދޫކޮށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.




ގުޅުންހުރި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ