ރައީސް ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުން ހޭދަކުރީ 1.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިދިޔަ ޖަނަވަރީ މަހުގެ 13 އިން 17 އަށް ރައީސް އެސްޓޯނިއާއަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށެވެ. މިއީ ދިވެހި ރައީސަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިނިސްޓަރުންގެ ގޮތުގައި ވަޑައިގެންނެވީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ.
ރައީސްގެ އެސްޓޯނިއާ ދަތުރުފުޅުގެ ތަފުސީލެއް ރައީސް އޮފީހަކުން ނުދެއްވަ އެވެ. އަދި މީގެ ކުރިން ރައީސްގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އަދަދުވެސް ހިއްސާކުރި ނަމަވެސް އެސްޓޯނިއާ ދަތުރުފުޅުގެ އެފަދަ ތަފުސީލެއްވެސް ހިއްސާކޮށްފައެއް ނުވެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ އެ ދަތުރުފުޅުގެ ބޭނުމަކީ ޑިޖިޓަލް އިނޮވޭޝަން، ސައިބާ ސެކިއުރިޓީ، އީ-ގަވަނަންސް، މޫސިމީ ބަދަލުތަކާއި ސިއްހަތާއި ތައުލީމީ ދާއިރާއާއި ފަތުރުވެރިކަމާއި އިޔާދަކުރަނިވި ހަކަތައާއި ސްމާޓް ގްރިޑް އަދި ސެކިއުރިޓީ އާއި ތާރީހާއި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާ އިން ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކޮށް އިލްމު ހިއްސާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމެވެ.
1 Comment
ގުޅުންހުރި
2026 ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި މޫދަށް އެރޭނެ ސަރަހައްދެއް ހަދައިދޭނަން:
ފައިސަލްގެ ބަޔާނެއް: ދިން ފުރުސަތަށް ރައީސަށް ޝުކުރު، ގައުމަށް ހިދުމަތް ކުރުމަކީ
ރައީސްގެ ނިންމެވުމެއް: ސަރުކާރު ކުންފުނިތަކުގެ ދިވެހި ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ
400 މީހުން އުޅޭ މޮޅަދުއަށް ރައީސް ދިން ޔަގީންކަން: އާބާދީ ބޮޑެތި
ރައީސްގެ ނިންމެވުމެއް: ގައުމީ ގުރުއާން މުބާރާތަށް ހަރަދުކުރާނީ ސީދާ ދައުލަތުގެ ބަޖެޓުން!
މިދިޔަ 14 މަސް ތެރޭ އެތައް ކަމެއް ފަށައި، ނިންމައި، ނަތީޖާ