ފެބްރުއަރީ 23, 2025

ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ޣައްޒާއަށް 260،800ރ. އެއްކޮށްފި

އއ. ހިމަންދޫގައި ހުންނަ ސްޓެލްކޯ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ބޭއްވި ހަރަކާތަކުން ޣައްޒާގެ ރައްޔިތުންނަށް 260،800 ރުފިޔާ އެއްކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ، ހިމަންދޫ ކައުންސިލާއި ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމިއްޔާތަކާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ’ހެލްތް ޣައްޒާ- ދިވެހިން ހަނދާނެއް ނުނެތޭ“ ގެ ނަމުގައި ހިންގި ހަރަކާޓުން އެއްކުރި ފައިސާގެ ތެރެއިން 126،560 ރުފިޔާއަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާ ކަމަށެވެ.

އަދި އެފަދަ އިޖުތިމާއީ ހިދުމަތުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ މުވައްޒަފުން އަމަލީ ގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި ފަހުރުވެރިވާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.