އޭޑީކޭ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ލަގްޒަރީ ޔޮޓް، ނަވައިމާގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު ފިހިއްޖެ އެވެ.
ނަވައިމާއަކީ 85 ފޫޓުގެ ލަގްޒަރީ ސާފް ޗާޓާ ޔޮޓެކެވެ.
ފުލުހުން ބުނީ އެ ޔޮޓުގައި އަލިފާން ރޯވީ މިދިޔަ ބުދަ ދުވަހުގެ ފަތިހު ރީތި ރަށް ރިސޯޓާ ދިމާ ފަސް މޭލު ބޭރުން ދަތުރު ކުރަނިކޮށް ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު ޔޮޓުގައި ފަސް މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ފިހިގެން މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.


