ރޭ މާލޭގައިވެސް މާރާމާރީއެއް ހިންގަން އުޅުނު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އެ މާރާމާރީ ހިންގަން އުޅުނީ ރޭ 8:17 އެހާކަންހާއިރު ވައިލެޓް މަގު، ދޮންހުރާ ގޯޅީގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދެ މީހަކާއި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ބަޔަކު ހަމަލާ ދިން މައްސަލައެއް ރޭ 11:35 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، އެ ހަމަލާ ދީފައިވަނީ ކޯރާޑިއަކުންނެވެ. އަދި މާރާމާރީ ހިންގި ކަމަށް ތުހުމަތުވާ ދެ މީހުން ފިލަން މާލެ ދަނިކޮށް ހައިވޭ މަތިން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގައި މިހާރު ސިލްސިލާކޮށް ހިންގަމުން އަންނަ މާރާމާރީތަކަކީ ދެ ގޭންގެއްގެ ދެމެދު ހިންގަމުން އަންނަ މާރާމާރީތަކެކެވެ.

ގުޅުންހުރި
ރާއްޖޭގެ އެންމެ ގާތް އެކުވެރިއަކީ އިންޑިއާއަށްވުމުން ފަހުރުވެރިވޭ: މޯދީ
އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތުގައި މާލޭ ވަށައިގެން ހަވާ އަރުވާނެ
އިންޑިއާގެ ބޭހަށް ބަރޯސާ ނުވާނެ ކަމަށް ބުނުމަށްފަހު އިންޑިއާ އިން ބޭސް
ލޯނު ދެއްކުމަށް ލުއި ގޮތަކަށް 565 މިލިއަން ޑޮލަރު އެލްއޯސީއެއް އިންޑިއާއިން
ރައީސް މުއިއްޒު، ކިނބި ގަހެއް، މޯދީ، އަނބު ގަހެއް އިންދަވައިފި
އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި