ފެބްރުއަރީ 22, 2025

ރޯދަމަހާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފާފަތަކުން ދުރުވެ ތައުބާވުން

ރޯދަމަހާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފާފަތަކުން ދުރުވެ ތައުބާވުން ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދު ހުތުބާ ހާއްސަކޮށްފަަައިވަނީ ރޯދަމަހަށް ތައްޔާރުވުމުގެ މައްޗަށެވެ. ހުތުބާގައި ބުނީ ރޯދަމަހު ރޯދަ ހިފައިފި މީހާގެ އިސްވެ ގޮސްވައިފަައިވާ ފާފަތައް ފޮހެވިގެންދާނެ ކަމަށެވެ.

”މި ބަރަކާތްތެރި މައްސަރާ އަހަރެމެން ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރާންޖެހޭކަމަކީ، އަހަރެމެންގެ ޙަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަތައުބާއަކުން ތައުބާވެގެންވާ ހާލު މި މަތިވެރި މައްސަރާ ބައްދަލުކުރުމެވެ“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރާންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަތުން ކަމަށެވެ. ރޯދައިގެ މަތިވެރިކަމާއި ފުރިހަމަސަވާބާއި ދަރުމަލިބޭ ގޮތަށް ރޯދަހިފާނެ ގޮތް ދަސްކުރުން ކަމަށް ހުތުބާގައި ބުންޏެވެ.

ރޯދަ ގެއްލޭ ކަންތައްތަކާއި، ރޯދައަށް ހުރެ ކުރުން މަކުރޫހަ ކަންތައްތައް ދެނެގަނެ އެ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.