ދ. މާއެނބޫދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ދެ ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިއްކައި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާއެނބޫދޫއަށް ވަޑައިގެން މިއަދު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަައި ރައީސް ވިދާޅުވީ މާއެނބޫދޫ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަން ކަމަށެވެ.
އީއައިއޭ ފާސްވުމާ އެކީގައި ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން ފެށޭނެ. ފެށުމުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްދީ އިރާދަކުރެއްވިއްޔާ އިންތިހާބުގައި ތިބޭފުޅުންނަށް ވައުދުވި ގޮތަށް 30 ހެކްޓަރު ހިއްކާ ނިންމާލާނެ ކަމުގެ ޔަގީންކަން ދެން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހިއްކާ ބިމުގެ ތެރެއިން ދެ ހެކްޓަރު ބޭނުންކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ވަކި ރަށެއްގެ ގޮތުގައި ކަމަށެވެ.
”މި ޔަގީންކަން ދިނުމަކީ އަޅުގަނޑު ބޭނުންވި އެންމެ މައިގަނޑު ކަންތައް މި ރަށަށް. ސަބަބަކީ ރައްޔިތުންގެ ޒަމާންތަކެއް ވަންދެން އޮތް އުއްމީދެއް ހާސިލުވެގެން ދާނީ މިކަން ވެގެންދިއުމުން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި މަޑު ޖެހިފައި ހުރި ހުރިހާ މަޝްރޫއެއް އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮަތަށް މި މަހާއި އަންނަ މަހުގައި އަލުން ފެށިގެން މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ދާނެއެވެ.




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި