ބޭސް ނުލިބުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެސްޓީއޯ އިން ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް ބަލްކް ޕްރޮކިޔުމަންޓުގެ އުސޫލުން ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އެތެރެކޮށް ވިއްކަން ފެށުމުން އާސަންދަ މެދުވެރިކޮށް އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ ބޭސް ވެސް މިހާރު ނުލިބޭކަމުގެ ޝަކުވާ ވަނީ ގިނަވެފަ އެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ ބޭސް ނުލިބޭ ސަބަބު ސާފުކޮށްދެއްވައިފަ އެވެ.
”ބޭހުގެ މައްސަލައަށް ފިޔަވަޅު އަޅަން ފެށީމައި … އެކަން ހައްލުކުރުމަށް ޕްރައިޒް ކަޓްޑައުން ކުރީ. އެސްޓީއޯގެ ރޭޓަށް ތިރިކުރީ. ތިރިކުރީމާ، ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތިކުރަން ފެށީމާ ބޭސް މަދުވީ. މިއީ ދިމާވި މައްސަލަ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެސްޓީއޯ މެދުވެރިކޮށް ބޭސް ގެނެސް، އަގުތައް ތިރިކުރުމުގެ ކުރިން ބޭސް ވިއްކާ ފަރާތްތަކުން ބޭސް ވިއްކަމުން އައީ 1000-2000 ޕަސެންޓުގެ ފައިދާއެއް ލައިފަ އެވެ. އެއީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކުރަމުންދިޔަ ބޮޑު އިސްރާފެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާ އެކު އެސްޓީއޯ އިން ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް އެތެރެކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އަސާސީ ބޭހުގެ ލިސްޓުގައި ހުރި ހުރިހާ ބޭހެއް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެތެރެކޮށް، އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބޭނެ ކަމަށެވެ.
އަދި އޭޕްރިލް 15 އިން ފެށިގެން ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދީފައިވާ ހުރިހާ ބޭހެއް އެސްޓީއޯ އިން ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”އެހެންވީމާ ޕްރައިވެޓް ސެކްޓަރުން ރައްޔިތުންނަށް އުނދަގޫ ކުރަން މި ކުރި މަސައްކަތް އަޅުގަނޑުމެން އެއްކޮށް ހައްލުކުރާނަން،“ އެ މަނިކުފާނު ވިދާޅުވި އެވެ.


ގުޅުންހުރި
ގުޅިފަޅުން ގޯތި ލިބުނު އެންމެނަށް ދެތިން މަސް ތެރޭގައި އިންވަކިކޮށް، ގޯތި
ފްލެޓް ހަދާ ރަށްރަށުގައި އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ މީހުންނަށް
އެއްޗެއް ނުބުނެ ވަރަށް ކެތްކޮށްފިން، ސުޕްރީމް ކޯޓުގައި އަތްލީމާ ހިމޭނަކުން ނުތިބެވޭނެ:
ރޯދަމަހު ލޭ ލިބުމުގައި ދިމާވާ ދަތިކަމަށް އެހީވުމަށް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ލޭ
ކުޑަހުވަދޫގެ ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމުގެ ތަރައްގީކުރުން އާރްޑީސީއަށް
ފްލެޓް ލިސްޓުގެ އިންތިޒާުގައި ތިބި މީހުނަށް ރައީސް: މި ހަފުތާގައި ލިސްޓު