މާރޗް 12, 2025

ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ އައްޔަންކުރައްވައިފި

ރެޖިސްޓްރާ އޮފް ކޮންޕެނީސްގެ މަގާމަށް މަރިޔަމް ޝަމްއާ އިސްމާޢީލް މިއަދު އައްޔަންކޮށްފި އެވެ.

ޝައްމާއަކީ 2004 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލާ އޮފް ލޯސް ހާސިލްކުރައްވައިފަ އެވެ. އަދި 2021ވަނަ އަހަރު ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމު އަދާކުރެއްވުމުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓަންޓެއްގެ މަގާމު އަދާކުރައްވައިފަ އެވެ.

ގާނޫނީ ދާއިރާ އިން ކިޔަވައި ވިދާޅުވެފައިވާ ޝައްމަ ކުރިން ވަނީ ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމު ފުރުއްވައިފަ އެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ ހަމަޖެއްސީ ކުރިން އެ މަގާމު ފުރުއްވި މަރިޔަމް ވިސާމް މި މަހުގެ 1 ގައި އިސްތިއުފާ ދެއްވުމުންނެވެ.

މިދިޔަ 11 އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވި ވިސާމް އެ މަގާމުން އިސްތިއުފާދެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސަައްކަތް ކުރައްވާށެވެ.

2 Comments

  • Mohamed Fazeel މާރޗް 10, 2025

    Congratulations 👏

  • Ayfuna Ayfuna މާރޗް 11, 2025

    ތިއީ ވަރަށް ފީކަޅަ އަންހެނެއް. ކުރިން ތި އަންހެންމީހާ ހުރީ އެމިނިސްޓްރީގެ ކޮންސުމަރ އޮމްބަޑްސްމަނަކަށް. މީނަ ކޮންސިއުމަރުންގެ ހައްގުގައި ކުރި ކަމެއް ހަރާން. ކޮންޒިއުމަރުންގެ ގެ ށަކުވާތަކަށްް ވެސް ދޭނީ ފުރަގަސް. ހަމަ އެކަނި ކުރިކަމަކީ ބޯކޮށް މުސާރަނަ ނަގައި ގޮނޑި ހޫނުކުރުން. ތި މިނިސްޓްްރީގަ ހުރި އެންމެ ފީކަޅާ ދެ އަންހެނުން. އެއީ ތި ށަމްމަ ދެން އެ ވިސާމު. ހެޔޮނުވާނެ ތި މީހުންނަށް ވަޒީފާ ދޭން

Leave a Reply