ސްޓެލްކޯގެ ފަރާތުން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ.
ސްޓެލްކޯއިން އިއްޔެ ބުނީ އެ ކުންފުނީގެ ފަރާތުން މިއަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ އެކަަމަށްޓަކައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
”މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން، ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 102 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައިވަނީ 84 މުވައްޒަފެއްގެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 218 ފަރާތަކުން ހުށަހެޅި އިރު، ޝަރުތު ހަމަވެފައިވަނީ 215 މުވައްޒަފަކު،“ ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން 2023 ވަނަ އަހަރާ ހަަމައަށް ފުރުސަތު ދީފައިވަނީ ހައްޖާއި އުމްރާއަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި ފިރިހެން މުވައްޒަފަކަށެވެ. ނަމަވެސް، ކުންފުނީގެ އެކަމާ ގުޅުންހުރި އުސޫލަށް ބަދަލު ގެނެސް، މިދިޔަ އަހަރު ވަނީ ހައްޖާއި އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ނިންމައިފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް މިފަހަރު ގުރުއަތުން ހޮވިފައިވަނީ، ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުން އަހުމަދު ވަހީދާއި، ކ. ކާށިދޫ އިންޖީނުގެއިން ހަސަން ޒަރީރު އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން އާމިނަތު ޖަލީލާއެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ ސްޓެލްކޯގެ ވިލިނގިލި އަވަށު އިންޖީނުގެއިން ބުންޔާމީން މުހައްމަދު ނަސީރާއި ވިލިނގިލި އަވަށު އިންޖީނުގެއިން އަހުމަދު މުސްތަފާ އަދި އެ ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓުން ޝިފްރާ އިލްހާމެވެ.
ސްޓެލްކޯއިން ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

1 Comment
ގުޅުންހުރި
ސްޓެލްކޯގެ ވައުދު ފުއްދަން ހަފުތާ ބަންދުގައި ވެސް ގަސް އިންދަން ނުކުންނަނީ
މައާފަށް އެދި ފަހުމީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ފިޔަވަޅު
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ ގްރިޑަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް
ގްރޭޓާ މާލެ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި: