ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާ ގަވާއިދުގެ ދަށުނ ދުންފަތް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކުން ހޯދަން ލާޒިމުވާ ލައިސެންސްތަކާއި އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ނެރުުނު އިއުލާނެއްގައި ބުނީ ހަތަރު ބާވަތެއްގެ ލައިސެންސަށް އެދި ހުށަހަޅަން ހުޅުވާލާ ކަމަށެވެ. މިނިސްޓްރީން ބުނީ އެއިން ކޮންމެ ބާވަތަކަށް ކަނޑައަޅާފައިވާ ފީ ދެއްކުމުން ފަސް އަހަރުގެ މުއްދަތަށް ލައިސަންސް ދޫކުރާނެ ކަމަށެވެ.
މިނިސްޓްރީން ދޫކުރާ ހަތަރު ބާވަތުގެ ލައިސެންސަކީ:
ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް: 5،000ރ.
ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ ލައިސަންސް: 10،000ރ.
ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓުކުރުމުގެ ލައިސަންސް: 10،000ރ.
ދުންފަތުގެ އާ ބާވަތެއް ރަޖިސްޓްރީ ކުރުން: 10،000ރ.
ލައިސަންސް ގެއަހަރު ހަމަވާ ތާރީހުގެ ދެ މަސް ކުރިން ލައިސެންސް އާ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.



