ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް މއ. ސިގްމާ، މުހައްމަދު މުޖުތާޒް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފި އެވެ.
ރައީސް މުއިއްޒު، އޭނާ އެ މަގާމަށް އައްޔަންކުރީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރައްވާފައިވާ ކަމަށެެ.
ސީއެސްސީގެމެންބަރު ކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް، މުޖުތާޒްއާ ހަވާލުކުރީ އެފަހުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ކުރިން ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެނޫން ވެސް އިސް މަޤާމުތައް ފުރުއްވި އެވެ.
ސީއެސްސީގެ މެންބަރަކަށް މުޖްތާޒް އައްޔަންކުރީ އެ ކޮމިޝަނުގެ ނައިބު ރައީސަކަށް ކުރިން ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު 11، ގައި އިސްތިއުފާ ދެއްވުމުންނެވެ. އޭނަ އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ.
މުޖުތާޒް ސީއެސްއެސީ އަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ މި މަހުގެ 16 ގަ އެވެ.

ގުޅުންހުރި
އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ 30 ދުވަހުގެ
ނިންމުންތައް ނިންމާއިރު ރައްޔިތުންގެ އަޑުއެހުން މުހިންމު: ރައީސް
އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓަށް ރައީސް ގަތަރަށް
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު
ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފަށަނީ
ބިން ނުހިއްކަން ނިންމުމާ ގުޅިގެން ދޮންފަނު ރައްޔިތުން މުޒާހަރާ ކުރަނީ